Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއްވެއްޖެ

ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއްވެއްޖެ

ރ. ދުވާފަރު ކައިރިން ދަތުރު ކުރަމުން ދިޔަ ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ވެއްޖެއެވެ.

"ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުވެފައި ވަނީ ށ. ކަނޑިތީމުން ފުރައިގެން މާލެއަށް ދަތުރުކުރި ލޯންޗެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދުވާފަރު ފަޅުތެރެއިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފައިވާ ކަމަށް މިއަދު ހެނދުނު 9:36ހައިއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަދި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ލޯންޗާއި ދޯނީގައި ތިބި މީހުންގެ އަދަދާއި، މިކަމާ ގުޅޭ އިތުރު މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް