Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސްކޫލުތައް ހުޅުވާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން އަންގައިފި

ސްކޫލުތައް ހުޅުވާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން އަންގައިފި

ސްކޫލުތަކުގެ ދެވަނަ ޓާމްގެ ކިޔެވުން އަންނަ ހަފްތާގައި ފެށޭއިރު ރައްކާތެރި ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފިއެވެ.

އެ މިނިސްޓްރީން މިއަދު ވަނީ އަޅަން ޖެހޭ ފިޔަވަޅުތައް ބަޔާންކޮށް ސްކޫލުތަކަށް ސަރކިއުލަރއެއް ފޮނުވައިފައެވެ. އެ ސަރކިއުލަރގައިވާ ގޮތުން ރާއްޖެއިން ބޭރުން އަންނަ ދަރިވަރުން އަދި ސްކޫލް މުވައްޒަފުން ރާއްޖެ އަންނަތާ ތިނެއް ނުވަތަ ފަސް ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ޖެހެއެވެ. ސްކޫލަށް ހާޒިރު ވެވޭނީ މި ޓެސްޓްގެ ނަތީޖާ ލިބުމުންނެވެ. އަދި މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށަކުން ދަރިވަރަކު ނުވަތަ މުވައްޒަފަކު އެހެން ރަށަކަށް ދަތުރުކުރާ ނަމަވެސް އެ އުސޫލުން ކަންތައް ކުރަން ޖެހެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތެރޭގައި ދަރިވަރުންނާއި މުވައްޒަފުން ހުރިހާ ވަގުތެއްގައި މާސްކު އަޅައިގެން އުޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވެވޭނެ އިންތިޒާމް ކޮންމެ ސްކޫލެއްގައި ވެސް ހަމަޖައްސައިފައި ހުރުމަށް އެ ސަރކިއުލަރގައި ވަނީ އަންގައިފައެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން މިދުވަސްވަރު އެއްވެސް މުވައްޒަފަކު ނުވަތަ ދަރިވަރަކު ވެސް ސްކޫލްގެ ތެރޭގައި ގްރޫޕް ހަދައިގެން ކައިބޮއެ ނުވަތަ އެއްވެސް ކަހަލަ އެއްވުމެއް ބޭއްވުން ވަނީ މަނާކޮށްފައެވެ.

ދެވަަނަ ޓާމުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 16ވަނަ ދުވަހެވެ. ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ މާލޭގައި މިއަދު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ފަށައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް