Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފުލުހުންނާއި ސިފައިންގެ ޚާއްސަ ‘ގުޅިގެން’ އޮޕަރޭޝަން ފަށައިފި

ފުލުހުންނާއި ސިފައިންގެ ޚާއްސަ ‘ގުޅިގެން’ އޮޕަރޭޝަން ފަށައިފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހާއި ފުލުހުން ގުޅިގެން "ގުޅިގެން"ގެ ނަމުގައި މާލޭގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މާލޭގެ އަމާންކަމާއި ރައްކާތެރިކަން ޔަޤީން ކުރުމުގެ ގޮތުން، ފުލުހުން އެދިގެން އެމްއެންޑީއެފްއާ އެކު ޚާއްސަ އޮޕަރޭޝަނެއް އިއްޔެ ފަށައިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

Advertisement
Allied — Dhen Online (box)

މާލޭގެ އެކި ސަރަަހައްދުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވި މަންޒަރު މިރޭ ވަނީ ފެނިފައެވެ.

ސިފައިންނާއި ފުލުހުން ގުޅިގެން ޚާއްސަ އޮޕަރޭޝަނުން ހިންގަމުން ދާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުުހުން ހިންގި އެންޓި-ޓެރެރިޒަމްގެ އޮޕަރޭޝަނެއްގައި މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ އޮޕަރޭޝަނާ ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޓެރަރިޒަމްގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިޔަ ކަމަށް ބައެއް ނޫސްތަކުން ކްރިމިނަލް ކޯޓަށް ހަވާލާދީ ރިޕޯޓް ކުރިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް