ދުނިޔެ

ނިއުޔޯކްގެ އިމާރާތެއްގައި އަލިފާން ރޯވެ 9 ކުޑަކުދިން ހިމެނޭހެން 19 މީހުން މަރުވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމެރިކާގެ ނިއުޔޯކް ސިޓީގެ ބްރޮންކްސް ސިޓީގައި ހުންނަ ރެސިޑެންޝަލް އެޕާޓްމަންޓް އިމާރާތެއްގައި އާދީއްތަ ދުވަހު ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި 9 ކުޑަކުދިން ހިމެނޭހެން 19 މީހުން މަރުވެއްޖެއެވެ.

Ads by WAMCO

ނިއުޔޯކް ސިޓީގެ ފަޔަރ ޑިޕާޓްމަންޓްގެ ކޮމިޝަނަރ ޑެނިއަލް ނިގްރޯ އާދީއްތަ ދުވަހު ބުނީ، މި ހާދިސާގެ ސަބަބުން 32 މީހެއްގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި ފަރުވާދެމުން ދާ ކަމަށެވެ. އަދި 63 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

އެ އިމާރާތުގައި އަލިފާން ރޯވާން މެދުވެރިވީ "މެކްފަންކްނިން އިލެކްޓްރިކް ސްޕޭސް ހީޓަރެއްގައި ރޯވެގެން ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނެއެވެ. އެ ހީޓަރު ހުރީ އެޕާޓްމަންޓެއްގެ ނިދާ ކޮޓަރީގައި ކަމަށާއި އެންމެ ފުރަތަމަ އަލިފާން ރޯވީ ކޮޓަރީގައި ކަމަށެވެ.

ނިއުޔޯކް ސިޓީގެ ފަޔަރ ޑިޕާޓްމަންޓްގެ 200އެއްހައި މެމްބަރުން ވަނީ 333 އީސްޓް 181 ސްޓްރީޓްގައި ހުންނަ 19 ބުރީގެ އެ އިމާރާތުގައި އަލިފާން ރޯވުމުގެ ސަބަބުން އަލިފާންގަނޑު ނިއްވައިލުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައިވެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ރެސިޑެންޝަލް އެޕާޓްމަންޓަކީ 50 އަހަރު ވެފައިވާ އެޕާޓްމަންޓެއް ކަމަށާއި އެ އެޕާޓްމަންޓުގައި 120 ޔުނިޓް ހުރި ކަމަށް އިމާރާތުގެ ރެކޯޑްތަކުން ދައްކައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!