Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސްޓެލްކޯއިން ހިންގި މެނޭޖީރިއަލް ޓްރެއިނިން ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފި

ސްޓެލްކޯއިން ހިންގި މެނޭޖީރިއަލް ޓްރެއިނިން ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފި

ސްޓެލްކޯގެ މިޑްލް މެނޭޖްމަންޓަށް ހާއްސަކޮށްގެން ކުރިޔަށް ގެންދިޔަ މެނޭޖީރިއަލް ޓްރެއިނިން ނިންމި ބައިވެރިންނަށް މިއަދު ސެޓިފިކެޓް ދީފިއެވެ.

ސްޓެލްކޯއިން މައުލޫމާތު ދިން ގޮތުގައި މި ޓްރެއިނިންގ ހިންގައިފައި ވަނީ މައިގަނޑު ތިން ބަޔަކަށް ފޯކަސް ކޮށްގެންނެވެ. އެއީ ލީޑަރޝިޕް ސްކިލްސްއާއި، ޕީޕަލްސް ސްކިލްސް އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ސްކިލްސްއެވެ.

ތިން ބެޗަކަށް ބަހައިލައިގެން ކުރިޔަށް ގެންދިޔަ މި ޓްރެއިނިންގައި ވަނީ މިޑްލް މެނޭޖްމަންޓްގެ 45 މުވައްޒަފަކަށް ތަމްރީނު ދެވިފައެވެ.

Advertisement
Allied Insurance — Square (box)

މި ޓްރެއިނިންގއަކީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީގެ ވަރަށް ބޮޑު އިސްނެންގެވުމަކާ އެކު، ކުރިޔަށް ގެންދިޔަ ޓްރެއިނިން އެއްކަން އެ ކުންފުނިން ބުންޏެވެ.

މިއީ ސްޓެލްކޯގެ ތާރީހުގައި ވެސް އެ ކުންފުނީގެ ކުރިމަގު ބައްޓަން ކުރުމަށް ޓަކައި، ކުރިޔަށް އޮތް ތަނުގައި ސްޓެލްކޯގެ އިސް މަގާމުތަކާއި ހަވާލުވާން ތިބި ފަރާތްތަކަށް ދެވުނު ފުރަތަމަ ޓްރެއިނިންކަން ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ. މީގެ ކުރިން މިފަދަ ތަމްރީނުތައް ދެވިފައިވަނީ ސީނިއާ މެނޭޖްމަންޓަށް އެކަންޏެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މެޏޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، މި ޕްރޮގްރާމަކީ މިފަދަ އެހެން ޕްރޮގްރާމްތަކެއްގެ ވެސް ފެށުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި މިފަދަ އެހެން ޕްރޮގްރާމްތައް ވެސް ކުރިޔަށް ގެންދިއުމަށް ނިންމައިފައިވާ ކަމަށެވެ.

މި ޓްރެއިނިންއާ އެކު، ސްޓެލްކޯ ކުރިޔަށްދާ ސްޕީޑާ އެއްވަރަށް އެ ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓެއްގެ ހިންގުން ވެސް އިތުރަށް ހަރުދަނާވެ، ވަރުގަދަވެގެންދާނެ ކަމަށާއި، މީގެ އިތުރުން މާހައުލާއި، މުޖުތަމައުއަށް އަންނަ ބަދަލާ އެކު، އާންމުންގެ އުމްމީދުތަކާ އެއްވަރަށް ހިދުމަތްދެވޭނެ ވަރުގަދަ ލީޑާރޝިޕެއް ތައްޔާރުކުރެވިގެންދާނެ ކަމަށް ވެސް މުޣްނީ ވިދާޅުވިއެވެ.

<img class="alignnone wp-image-134836 size-large" src="https://cdn.dhen.mv/wp-content/uploads/2022/01/IMG-6a5e8385d8103b8fb221ee8104ade4b1-V-1024x710.jpg" alt="" width="1024" height="710" />

"މިފަދަ ޓްރެއިނިންގތަކާ އެކު، ކުންފުނީގައި ކުރީގައި ހުރި ސަގާފަތްތައް ބަދަލުވެގެން އަންނަ އިރު، ކުންފުނީގެ މުވައްޒަފުންނަކީ މަސައްކަތްތެރި، ތެދުވެރި، އަދި އަހުލާގު ރަނގަޅު ބަޔަކަށް ހެދިގެންދާނެ. އަދި ދަށުން މަސައްކަތް ކުރާ މުވައްޒަފުން އިތުރަށް މޮޓިވޭޓް ކުރުމުގެ ހުނަރުތައް ވެސް ދަސްވެގެންދާނެ" މުޣުނީ ވިދާޅުވިއެވެ.

މީގެ އިތުރުން ކުންފުނިން ކަނޑައަޅާ މިންގަނޑުތަކާއި، ޓައިމްލައިންތަކަށް މަސައްކަތްތައް ނިންމުމުގެ މުހިއްމުކަމާއި، އެ ކަންކަމާ ގުޅުން ހުރި ހުނަރުތައް ވެސް ދަސްކޮށްދެވިފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"މިއީ މިކުންފުނީގެ ލީޑަރޝިޕް ސަކްސެޝަން ޕްލޭންގެ ދަށުން ނެކްސްޓް ޖެނެރޭޝަން އޮފް ލީޑަރސް ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމެއް. ކުރިއަށް އޮތް ތަނުގައި ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ ގޮތުގައި މަސައްކަތްކުރަން ތިބި ފަރާތްތަކަށް މިފަދަ އިތުރު ޓްރެއިނިންގތަކެއް ދެވި، ކުންފުނީގެ ވިޝަންއާއި، މިޝަންއާއި އެއްގޮތަށް މަސައްކަތްތައް ބައްޓަންކޮށް، ރައްޔިތުންނަށް މިހާރަށް ވުރެ ވެސް ރަނގަޅު ހިދުމަތްތަކެއް ދެވިގެންދާނެކަން ކަށަވަރު ކުރެވިގެންދާނެ ކަމަށް" ސްޓެލްކޯގެ އެމްޑީ ވިދާޅުވިއެވެ.

<img class="alignnone wp-image-134837 size-large" src="https://cdn.dhen.mv/wp-content/uploads/2022/01/IMG-955c3f059d8145619bb92173d3ec5a31-V-1024x657.jpg" alt="" width="1024" height="657" />

މި ޓްރެއިންގެ ބައިވެރިންގެ ފަރާތުން ވާހަކަދެއްކެވި ސީނިއާ މެނޭޖަރ އަލީ މުޖުތަބާ މުހައްމަދު ވިދާޅުވީ، ކުންފުނީގައި ހޭދަވި 20 އަހަރުގެ ތެރޭގައި ވެސް މިއީ މިފަދަ ތަފާތު ތަމްރީނު ޕްރޮގްރާމެއް ހިންގި ފުރަތަމަ ފަހަރު ކަމަށާއި، މި ޕްރޮގްރާމްގެ އެންމެ ހާއްސަ އެއް ކަމަކީ މަސައްކަތުގެ މާހައުލުގައި ދިމާވާ އުނދަގޫ ހާލަތްތަކުގައި އަމަލު ކުރާނެ ގޮތްތައް ދަސްވެގެންދިޔަ ދިއުން ކަމަށެވެ. އަދި މިފަދަ ފުރިހަމަ ޕްރޮގްރާމެއް ކުރިޔަށް ގެންދެވި ކަމަށް ޓަކައި، މެނޭޖިންގ ޑިރެކްޓަރާއި، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް