Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން މިމަހު އަލުން ހުޅުވަނީ

ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން މިމަހު އަލުން ހުޅުވަނީ

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް މި މަހު އަލުން ހުޅުވަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް، މިރޭ ޓެސްޓު ކޮށްފައިވާ ކަމަށެވެ. އެ ފެންއަރުވާ ވަޑާމުގައި އިތުރަށް ކުރަން ހުރި މަސައްކަތް ކުރުމަށް ފަހު، މި މަހުގެ 20 ވަނަ ދުވަހު ހުޅުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

ގައުމީ އެއްބައިވަންތަކަން ރަމްޒު ކޮށްދޭ މޮނިއުމަންޓަކާ އެކު ކުރީގެ ސަރުކާރުން ތައްޔާރުކުރި މި ފެންއަރުވާ ވަޑާމަކީ ރާއްޖޭގެ ޖުމްހޫރިއްޔާއަށް 50 އަހަރު ފުރުނު މުނާސަބަތާ ގުޅުވައިގެން އެމްޓީސީސީން ހެދި ތަނެކެވެ. އެގޮތުން އެކި ކުލަތައް ދިއްލޭ ގޮތަށް ފަރުމާ ކޮށްފައިވާ މި ފެންވަރުވާ ވަޑާން ހަދައިފައި ވަނީ އެތަނަށް އާންމުންނަށް ވެސް ވަދެވޭ ގޮތަށެވެ.

Advertisement
Ooredoo — Square (box)

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވީ މި ސަރުކާރު އައި ފަހުން، ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން އެއްވެސް ވަރަކަށް ބަލަހައްޓައިފައި ނުވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް