Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވެކްސިން ބޫސްޓަރު ޖެހުމަށް ރައީސް ޞާލިޙް އިލްތިމާސް ކުރައްވައިފި

ވެކްސިން ބޫސްޓަރު ޖެހުމަށް ރައީސް ޞާލިޙް އިލްތިމާސް ކުރައްވައިފި

ކޮވިޑް-19އިން ދިފާއުވުމަށް ޖަހަމުން އަންނަ ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ޖެހުމަށް ރައީސް ޞާލިހް ގޮވައިލައްވައިފިއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ޞާލިޙް ވިދާޅުވީ، ކޮވިޑް-19 އޮމިކްރޮން ވޭރިއަންޓުން ދިފާއުވުމަށް އޮތް އެންމެ މުހިންމު ހަތިޔާރަކީ ވެކްސިނުް އިމިއުނިޓީ ކަމަށެވެ. އަދި ވެކްސިން ޖެހިތާ ހަ މަސްވެފައިވާ ނަމަ ވެކްސިންގެ ބޫސްޓަރ ޝޮޓް ނެގުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

https://twitter.com/ibusolih/status/1482244416161079296?s=20

Advertisement
Ooredoo — Truecaller (box)

18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ބޫސްޓަރ ދިނުން މިއަދު ވަނީ ފަށައިފައެވެ.

މާލޭ ސަރަހައްދުގައި ކޮވިޑް-19 ބޫސްޓަރު ޖަހަން ބޭނުންވާ ފަރާތްތަކުން https://book.hpa.gov.mv ވަޑައިގެން އެޕޮއިންޓްމެންޓް ހެދޭނެއެވެ.

މިހައިތަނަށް ރާއްޖޭގައި 29،000 މީހުންނަށް ވަނީ ބޫސްޓަރ ޝޮޓް ދީފައެވެ. ބޫސްޓަރޝޮޓްގެ ގޮތުގައި ދެމުން އަންނަނީ ފައިޒާ ވެކްސިނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް