ޑައިވިންއަށް ފޭބި ފަތުރުވެރިއަކު ގެއްލިއްޖެ

އދ. މާންދޫ ކައިރީ ފަރަކަށް ޑައިވިންއަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގޮމަ" ނަމަކަށް ކިޔާ ދޯންޏަކުން ޑައިވިނަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން ފަތުރުވެރިއެއް ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އެމްއެންޑީއެފްއިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އދ.މަންދޫ ކައިރި ފަރަކަށް ޑައިވް ކުރަންދިޔަ "ގޮމަ" ނަމަކަށް ކިޔާ ދޯނިން ޑައިވިނަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން އެއް ފަތުރުވެރިއަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ފަށައިފައިވާ ކަމަށެވެ.