ރައީސް ޔާމީން ޖަލުގައި ހުންނެވި މުއްދަތަށް 2.4 މިލިއަން ރުފިޔާ ދީފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން ކުރިން ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އެ މަނިކުފާނުގެ މައްޗަށް ކުރި ހުކުމާ ގުޅިގެން ޖަލުގައި ހޭދަ ކުރެއްވި މުއްދަތަށް އެމަނިކުފާނަށް ދޭން އެދިވަޑައިގަތް 2.4 މިލިއަން ރުފިޔާ މިއަދު ދީފިއެވެ.
މި އަދަދަކީ، ރައީސް ޔާމީން ޖަލުގައި ހޭދަކުރި ދެ އަހަރު ދުވަހު، ކުރީގެ ރައީސްއަކަށް ލިބެންޖެހޭ އިނާޔަތުގެ ގޮތުން އެމަނިކުފާނަށް ލިބެންވާ ފައިސާގެ ތެރެއިން، އެމަނިކުފާނު އެދިލެއްވި އަދަދެވެ.
މި ފައިސާއަކީ، ރައީސް ޔާމީނަށް ހުކުމް ކުރުމުގެ ކުރިން، ކުރީގެ ރައީސުންނަށް ލިބެން ޖެހޭ މާލީ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 50،000 ރުފިޔާއާއި ދިރިއުޅޭ ތަނުގެ ޚަރަދުގެ ގޮތުގައި ލިބިވަޑައިގަންނަވާ 50،000 ރުފިޔާ ހިމެނޭހެން ޖުމްލަ 2.4 މިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީގެ މީޑިއާ ޑިރެކްޓާ މުޙައްމަދު ޝަނޫން އޮންލައިން ނޫސް "ސަން" މައުލޫމާތު ދެއްވަމުން ވިދާޅުވީ ޖަލު ހުކުމުގައި ހުންނެވި އިރު ލިބެންޖެހޭ 2.4 މިލިއަން ރުފިޔާގެ އިނާޔަތުގެ އިތުރުން މިދިޔަ ޑިސެންބަރު މަހަށް ލިބެން ޖެހޭ އިނާޔަތް ވެސް މިހާރު ޖަމާކޮށްދީފައިވާނެ ކަމަށެވެ.







ކޮމެންޓް