15 ޓަނުގެ ދެ އާރްއޯ ޕްލާންޓުން ގާފަރުގައި ފެން ދޫކުރަން ފަށައިފި
                                                    ކ. ގާފަރުގައި ބަހައްޓައިފައިވާ 15 ޓަނުގެ ދެ އާރްއޯ ފެން ޕްލާންޓުން ފެން ދޫކުރަން މިއަދު ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ ގާފަރުގައި ބަހައްޓައިފައިވާ 15 ޓަނުގެ ދެ އާރްއޯ ޕްލާންޓުން އާންމު ބޭނުންތަކަށް އެ ރަށު ރައްޔިތުންނަށް ފެން ދޫކުރުމަށް މިއަދު ފަށާފައިވާ ކަމަށެވެ.
އެގޮތުން ގާފަރުގެ ކޮންމެ ރައްޔިތަކަށް ވެސް ދުވާލަކު 20 ލީޓަރުގެ ފެން އާންމު ބޭނުންތަކަށް ހިލޭ ދޫކުރެވިގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
މީގެ އިތުރުން ސްޓެލްކޯއިން ބުނީ ގާފަރުގައި މިވަގުތު ގާއިމްކޮށްފައިވާ ފެނުގެ ސިސްޓަަމަކީ ގެތަކަށް ނެޓްވޯކް/ހޮޅި ގުޅައިފައިވާ ސިސްޓަމަކަށް ނުވުމުުން އާންމު ބޭނުންތަކަށް ފެންދޫކުރުމަށް ހަމަޖެހިފައި ވަނީ ފެން ޕްލާންޓުގެ ބޭރުގައި ހަރުކޮށްފައިވާ ފެން އިސްކުރުން ކަމަށެވެ.
މި އާރްއޯ ޕްލާންޓުން ފެން ދޫކުރުމަށް ހަމަޖެހިފައި ވަނީ، ކޮންމެ ދުވަހަކު ވެސް 16:00އިން 18:00އަށް ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
 
 
            
                    
            
                    
            
                    
            
                    