Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކަރަންޓު ކެނޑުނު ހުރިހާ ފްލެޓުތަކަށް މިހާރު ކަރަންޓު ދީފި

ކަރަންޓު ކެނޑުނު ހުރިހާ ފްލެޓުތަކަށް މިހާރު ކަރަންޓު ދީފި

ކަރަންޓު ކޭބަލަކަށް ގެއްލުންވެ، ކަރަންޓު ކެނޑުނު ހިޔާ ފްލެޓުތަކަށް މިހާރު ކަރަންޓު ދެވިއްޖެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ހުޅުމާލޭ ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަކަށް، މަގު ކޮނުމުގެ ތެރޭގައި ގެއްލުންވެ، އެ ފްލެޓުތަކުން މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ކަރަންޓު ކެނޑިފައެވެ.

ސްޓެލްކޯ އިން ބުނީ އެޗްޑީސީން މަގު ހެދުމަށް ހަވާލުކޮށްފައިވާ ފަރާތުން، މަގު ކޮނުމުގެ ތެރޭގައި ގެއްލުން ވެފައިވަނީ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އެޗްޑީސީން އަޅާފައިވާ ކޭބަލަކަށް ކަމަށެވެ.

Advertisement
Ooredoo — Square (box)

އަދި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ކަރަންޓު ކޭބަލްތަައް އަޅާފައިވަނީ އެޗްޑީސީއިން ކަމަށާއި ދެވަނަ ފިޔަވައްސަށް ކަރަންޓު ދިނުމުގައި ސްޓެލްކޯގެ ދައުރަކީ އެކުންފުނީގެ އިންޖީނުގެއިން ކޭބަލެއް ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ސަބްސްޓޭޝަނަކަށް ގެންގޮސް އެ ސަބްސްޓޭޝަން މެދުވެރިކޮށް ކަރަންޓު ފޯރުކޮށްދިނުންކަން ސްޓެލްކޯ އިން ފާހަގަ ކޮށްފައިވެއެވެ.

ސްޓެލްކޯ އިން ވަނީ، ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް