Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނިޤާބް އަޅާ ޓީޗަރުން ކިޔަވައިދޭ އިރު މޫނު ނަގަން އެންގީ 2 އަހަރު ކުރިން: އެޑިއުކޭޝަން

ނިޤާބް އަޅާ ޓީޗަރުން ކިޔަވައިދޭ އިރު މޫނު ނަގަން އެންގީ 2 އަހަރު ކުރިން: އެޑިއުކޭޝަން

ނިޤާބް އަޅާ ޓީޗަރުން، ކިޔަވައިދޭ އިރު، މޫނު ނަގަން އެންގީ މީގެ ދެ އަހަރެއްހައި ދުވަސް ކުރިން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މޫނު ބުރުގާ ނުވަތަ ނިޤާބް އަޅައިފައި ތިބޭ ޓީޗަރުން، ދަރިވަރުންނަށް ކިޔަވައިދޭ އިރު، ކާކުކަން އެނގޭނޭ ފަދައިން މޫނު ބުރުގާ ނަގައިގެން ކިޔަވައި ދޭން، އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރަޓަރީ ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް އަންގައިފައިވާ ކަމަށް ބުނެ މީސް މީޑިއާގައި މިއަދު ވަނީ ޚަބަރު ފެތުރިފައެވެ.

އަދި މިކަމާ ގުޅިގެން އާންމުންގެ އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް، އެ މިނިސްޓްރީއަށް ފާޑު ކިޔައިފައެވެ.

Advertisement
HDC — Sidebar (box)

މިކަމާ ގުޅިގެން "ދެން"އިން ސުވާލު ކުރުމުން އެ މިނިސްޓްރީގެ ޕީއެސް އަހުމަދު އަލީ ވިދާޅުވީ އެ އެންގުމަކީ މީގެ ދެ އަހަރު ކުރިން އަންގައިފައިވާ އެންގުމެއް ކަމަށާއި އިތުރަށް އެކަން އަންގައިފައި ނުވާ ކަމަށެވެ.

ނަމަވެސް މި އެންގުން ބާތިލު ނުވާ ކަމަށާއި މިހާރު ވެސް އެ ގަވާއިދު އެބައޮތް ކަމަށް ވެސް އަހުމަދު އަލީ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް