Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރައީސް ޔާމީން އެއާޕޯޓު އަޅަން ވައުދުވި ރަށެއްގައި ރިސޯޓު ހަދަނީ

ރައީސް ޔާމީން އެއާޕޯޓު އަޅަން ވައުދުވި ރަށެއްގައި ރިސޯޓު ހަދަނީ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެއާޕޯޓެއް އަޅަން ވައުދުވި ރަށެއް ކަމަށްވާ ދިގުވެލިދޫގައި ރިސޯޓެއް ހަދަން ބީލަމަށް ހުޅުވައިލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމު ކުރި ބިޑު ޑޮކިއުމެންޓުގައި ބީލަމަށްލާ ރަށްތަކުގެ ލިސްޓުގައި ދިގުވެލިދޫއާއި، އެ ރަށާ ގުޅިފައި އޮންނަ މެދުރަށް އަދި ދިގުރަށް ވެސް ވަނީ ހިމަނައިފައެވެ. ބޮޑުމިނުގައި ޖުމްލަ 19 ހެކްޓަރު ހުންނަ މި ރަށްތައް ދޫކުރަން ހަމަޖެހިފައިވާ އެންމެ ކުޑަ އަގަކީ 1.2 މިލިއަން ރުފިޔާއެވެ.

އެނގިފައިވާ ގޮތުގައި ދިގުވެލިދޫ ދޫކުރަނީ ފަޅު ހިއްކައިގެން ތަރައްގީ ކުރެވޭ ގޮތަށެވެ. ޓޫރިޒަމް މިނިސްޓްރީގެ ޑޮކިއުމެންޓުގައި ބުނެފައި ވަނީ، ދިގުވެލިދޫގައި 300 އެނދުގެ ރިސޯޓެއް ތަރައްގީ ކުރާނެ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ދާދި ފަހުން ކޮމަންޑޫގައި ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ރައީސް ޔާމީން ވައުދުވެވަޑައިގެންފައި ވަނީ، ޕީޕީއެމްގެ ސަރުކާރެއްގައި ދިގުވެލިދޫގައި އެއާޕޯޓެއް އަޅައިދޭނެ ކަމަށެވެ.

ރައީސް ޔާމީން އެ ފަދައިން ވައުދުވެވަޑައިގަތުމުގެ ކުރިން، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ، ދިގުވެލިދޫ ފަތުރުވެރިކަމަށް ދޫކުރައްވާނެކަމުގެ އިޝާރާތެއް ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް