Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މޯލްޑިވިއަންގެ ފްލައިޓެއްގައި އަލިފާން ރޯވެއްޖެ

މޯލްޑިވިއަންގެ ފްލައިޓެއްގައި އަލިފާން ރޯވެއްޖެ

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްއިން ފުރަން ތައްޔާރުވެފައި އޮތް މޯލްޑިވިއަންގެ ފުލައިޓެއްގައި ރޯވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައި ވަނީ ރަންވޭ މަތިގައި ފުރަން ތައްޔާރުވެފައި އޮއްވައި ކޮކްޕިޓެޓް ތެރެއިން އެއްޗެއްގައެވެ. ރޯވެފައި ވަނީ ކޯއްޗެއްގައި ކަމެއް އަދި ސާފެއް ނުވެއެވެ.

އެއަރޕޯޓިގެ ފަޔަރ ޓީމުން ރަންވޭމަތީގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އެ ފްލައިޓަކީ ހަނިމާދޫން މާލެ ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓެކެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވައިލައިފައެވެ.

Advertisement
HDC — Sidebar (box)

އަލިފާން ރޯވުމާ އެކު ފްލައިޓުގައި ތިބި ދަތުރުވެރިން ރައްކާތެރިކަމާ އެކު ޓާރމިނަލް ސަރަހައްދަށް ވަނީ ގެންގޮސްފައެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ މޯލްޑިވިއަންގެ ފްލައިޓެއް ހަނިމާދޫ އެއަރޕޯޓުން ނައްޓައިލާން އުޅުމުގެ ތެރޭގައި ކޮކްޕިޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައިވާ ކަމަށާއި މިވަގުތު އަލިފާން ނިއްވައިލައިފައިވާ ކަމަށެވެ. އަދި ބޯޓުގައި ތިބި ދަތުރުވެރިން ވެސް ސަލާމަތުން ބޭލިފައިވާ ކަމަށާއި ފްލައިޓް ޓޯ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް