Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

25 އަހަރުގެ ޒުވާނާ ނިޔާވީ ކޮވިޑް ބަލީގައި ނޫން ކަމަށް ކަނޑައަޅައިފި

25 އަހަރުގެ ޒުވާނާ ނިޔާވީ ކޮވިޑް ބަލީގައި ނޫން ކަމަށް ކަނޑައަޅައިފި

އުމުރުން 25 އަހަރުގެ ޒުވާން އަންހެނަކު ރޭގައި ނިޔާވީ ކޮވިޑް ބަލީގައި ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅައިފިއެވެ.

ރޭގެ ވަގުތެއްގައި ނިޔާވީ ގއ. މާމެންދޫއަށް ނިސްބަތްވާ އަންހެނެކެވެ. ކިޑްނީގެ މައްސަލަތަކާ އެކު އިތުރު ސިއްހީ މައްސަލަތަކެއް ވެސް އޭނާގެ ހުރި ކަމަށް ވަނީ އެނގިފައެވެ. އެއާ އެކު އޭނާ ދާދި ފަހުން ކޮވިޑް-19އަށް ފައްސި ވެފައިވާކަން ވެސް ވަނީ އެނގިފައެވެ.

ނަމަވެސް އެޗްޕީއޭގެ އޮފިޝަލަކު މިއަދު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ނިޔާވި މީހާގެ މަރާ ގުޅޭ ގޮތުން ބެލި ބެލުމުން، އޭނާ ނިޔާވީ ކޮވިޑް ބަލީގައި ނޫން ކަމަށް ދެނެގަނެވިފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް