Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އަލީ ޒައިދު އެމްޑިޕީއަށް: މޫނު ބުރުގާގެ މައްސަލައިިގައި ގެއްލުންވާނީ އެމްޑީޕީއަށް

އަލީ ޒައިދު އެމްޑިޕީއަށް: މޫނު ބުރުގާގެ މައްސަލައިިގައި ގެއްލުންވާނީ އެމްޑީޕީއަށް
ސްކޫލުތަކުގައި ކިޔަވައިދެއްވާ މުދައްރިސުންނަކީ ކޮންބައެއްކަން ދަރިވަރުންނަށް އެނގުން މުހިއްމު ކަމަށާއި މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭން އެމްޑީޕީން ދެކޮޅު ކަމަށް ބުނުމުން ގެއްލުންވާނީ އެމްޑީޕީއަށް ކަމަށް ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

"މޫނުބުރުގާ އަޅައިގެން ކިޔަވައިދިނުން އަނެއްކާ ވެސް މަނާކޮށްފި!" މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ލިޔެފައިވާ ޚަބަރެއް ޓްވީޓް ކުރައްވަމުން ޒައިދު ވިދާޅުވީ އެމްޑީޕީގެ މިކަހަލަ ނިންމުންތަކަކީ އެ ޕާޓީން އަމިއްލައަށް ހޯދައިގަަންނަ ޑައުންފޯލްތަކެއް ކަމަށެވެ.

އެމްޑީޕީން މި އުޅެނީ ފްރާންސް ސަރުކާރު ނަމޫނާއަކަށް ހަދައިގެންތޯ؟ މިކަހަލަ ވިޔާނުދާ ނިންމުންތަކަކީ އެމްޑިޕީން އަމިއްލައަށް ހޯދައިގަންނަ ޑައުންފޯލެއް މިކަމުގެ ގެއްލުންވާނީ އެމްޑީޕީއަށް. މިކަން 'ވަގުތުން ވަގުތަށް' މުރާޖައާ ކުރުމަށް ސަރުކާރަށް ގޮވާލަން" ޒައިދު ވިދާޅުވިއެވެ. މޫނު ބުރުގާގެ މައްސަލައިގައި މިއަދު އެމްޑީޕީން ވިދާޅުވީ، މަދަރުސާތަކަކީ ދަރިވަރުންގެ މަސްލަޙަތު ނަގަހައްޓަން ޖެހޭ އަދި ދަރިވަރުންނަށް ރައްކާތެރިކަން ވެސް އޮންނަން ޖެހޭ ޚާއްޞަ ތަންތަންކަމަށް ވާއިރު، ކިޔަވައިދެއްވުމަށް ދަރިވަރުންނާ ބައްދަލު ކުރައްވާއިރު މުދައްރިސުންގެ އައިޑެންޓިޓީ ޔަޤީންވާން ޖެހޭނެކަމަށް އެމްޑީޕީއިން ދެކޭ ކަމަށެވެ. https://dhen.mv/136498 އަދި މިއީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދަކާދައަކަށް ވެފައި މުދައްރިސުންނާއި ސްކޫލުތަކުން މި މިންގަނޑު ދަމަހައްޓައިފައި ވާކަމަށް ވެސް ބުނެފައިވެއެވެ. ހަމައެހެންމެ މިގޮތަށް ވާހަކަ ދައްކާ މީހުންނަކީ ދީނުން ބޭރުވެފައިވާ މީހުންކަމަށް ސިފަކުރާތީ އެމްޑީޕީއިން ކަންބޮޑުވާކަމަށް ވެސް ބުނެފައިވެއެވެ. މިމައްސަލައިގައި މިއަދު އެޑިއުކޭޝަނުން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އެޑިއުކޭޝަނުން ވިދާޅުވީ، ފޭޝަލް އެކްސްޕްރެޝަނަކީ ކިޔަވައިދޭ ވަގުތުތަކުގައި މުހިންމު އެއްޗެއް ކަމަށެވެ. https://dhen.mv/136614  

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް