Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސިއްޙަތު

ބޫސްޓަރ ޑޯޒް މުހިންމުވާ ސަބަބު ޑރ.އަފްޒަލު ވިދާޅުވެދެއްވައިފި

ބޫސްޓަރ ޑޯޒް މުހިންމުވާ ސަބަބު ޑރ.އަފްޒަލު ވިދާޅުވެދެއްވައިފި
ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި، ހަމަސް ދުވަސް ވުމުން، އައު ވޭރިއަންޓަކަށް ވެކްސިންގެ އަސަރު ކުރާލެއް ކުޑަވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެޕިޑިމިއޮލޮޖިސްޓް، ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި، ބުރާސްފަތި ދުވަހުގެ ރޭ ދެއްކެވި ވާހަކައިގައި ޑރ.އަފްޒަލް ވިދާޅުވީ ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒްއެއް ޖަހަން ޖެހެނީ، އައު ވޭރިއަންޓްތައް އުފެދި، ކުރިން ޖެހި ވެކްސިންތައް، އެ ވޭރިއަންޓާ ދެކޮޅަށް އެންމެ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކޮށްފާނެތީ ކަމަށެވެ.
"ބޫސްޓަރ އެކޭ މި ކިޔަނީ ހަގީގަތުގައި، ހަށިގަނޑަށް އަނެއްކާ ވެސް އަލުން މި ތައްޔާރުވުމަށް ދޭ ހިތްވަރެއް. ބޫސްޓަރއިން ރީއެކްޓިވޭޓް ވެގެންދާނެ، ހަށިގަނޑުގެ ދިފާއީ ނިޒާމް އަނެއް ކާވެސް މި ބައްޔަށް ހޭނިގެންދާނެ." އޭނާ ވިދާޅުވިއެވެ.
ޑރ.އަފްޒަލް ވިދާޅުވި ގޮތުގައި ބޫސްޓަރ ޑޯޒްއާ އެކު ލިބޭނެ އެންމެ މުހިންމު ފައިދާއަކީ ހަށިގަނޑަށް ފުރިހަމަ ރައްކާތެރިކަން ލިބުން ކަމަށެވެ. އޭނާ ވިދާޅުވީ ބޫސްޓަރ ޑޯޒް ޖެހުމުން އޮމިކްރޮން ވޭރިއަންޓް ޖެހުނު ނަަމަވެސް، އެމީހެއްގެ ހާލަތު ގޯސްވެގެން ނުދާނެ ކަމަށެވެ. އަދި ވިދާޅުވީ ބޫސްޓަރ ޑޯޒް ޖެހުން ކޮންމެހެން ވެސް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. ވެކްސިން ޖެހުމާ ގުޅޭ ގޮތުން އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އިއްޔެ ރާއްޖެއިން އިތުރު 2،742 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހައިފައެވެ. އެއާއެކު ބޫސްޓަރ ޖެހި މީހުންގެ އަދަދު ވަނީ 43،313އަށް އިތުރު ވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް