ޚަބަރު

ރާއީގެ އިންޒާރެއް އިމްރާނަށް: އެމްޑީޕީއާ ދެކޮޅުވުން ބުއްދިވެރިއެއް ނޫން!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއާ ދެކޮޅަށް އެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް ގޮތެއް ނުނިންމަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަންނަ މަހު ފަސްވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި އަދާލަތު ޕާޓީން ތާއީދު ކުރާނެ ކެނޑިޑޭޓެއް ނިންމުމަށް މިއަދު ހަވީރު އެ ޕާޓީން ވަނީ މަޝްވަރާގެ މަޖިލީހެއް ބާއްވަން ނިންމައިފައެވެ. އެމްޑީޕީގެ އިތުރުން މި އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްއާއި ނާޒިމްގެ އެމްއެންޕީން ކެނޑިޑޭޓަކު ނެރެފައިވެއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓް ނުލާން، އަދާލަތު ޕާޓީގެ މެންބަރެއް ކަމަށްވާ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޝައިޚް އަލީ ޒައިދު ވެސް ވަނީ މިއަދު ގޮވައިލައްވައިފައެވެ.

ރާއީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީއާ ދެކޮޅަށް ޝެއިޚް އިމްރާނަށް ގޮތެއް ނުނިންމެވޭނެ، ކަމަށާއި ބައި އިލެކްޝަންގެ ކަންތަކާ މެދު މިއަދުގެ އޭޕީގެ ނިންމުން މިކަމަށް ހެކިވާނެ ކަމަށެވެ.

އަދި ޕީޕީއެމްއިން ޝެއިޚް އިމްރާންގެ އިތުބާރު ނެތް ކަމުގެ ވޯޓް މަޖިލީހަށް ވެއްދުމުން، އިމްރާން ސަލާމަތްކޮށްދިނީ އެމްޑީޕީން ކަމަށް ވެސް ވިދާޅުވިއެވެ. އަދި އިސްލާމިކް މިނިސްޓަރު އަލީ ޒާހިރު އުޅުއްވާ ގޮތަށް ކެންޕެއިންގައި އުޅުއްވުން ބުއްދިވެރި ކަމަށް ރާއީ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު އަލީ ޒާހިރު ވަނީ ނައިބު ރައީސް ފައިސަލް ނަސީމާއެކު ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ވަޑައިގެން ކެންޕެއިން ކުރައްވައިފައެވެ.

މި އިންތިޚާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ކުރާނެކަން ހާމަކޮށްފައެވެ. މައުމޫންގެ އެމްއާރުއެމްއިން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

Ads by Ooredoo
  1. ސުހާނާ

    މި ރާއީއޭ ކިޔާ ކަލޭގެ މީހުނަށް އިންޒާރުދީ ބިރުދައްކާ ހަދާތީ މިކަލޭގެ ހައްޔަރުކުރަންޖެހޭ.

  2. ބޭބެ

    އަބަދުވެސް ރާއީކިބައިން ފެންނާނީ ބޮޑެތިހަސަދަ