Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އަދާލަތުން އެމްޑީޕީ ކެނޑިޑޭޓަށް ތާއީދު ކުރަން ނިންމައިފި

އަދާލަތުން އެމްޑީޕީ ކެނޑިޑޭޓަށް ތާއީދު ކުރަން ނިންމައިފި

އަންނަ މަހު ފަސްވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އަދާލަތު ޕާޓީން، ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ވާދަ ކުރާ ކެނޑިޑޭޓަށް ތާއީދު ކުރަން ނިންމަވައިފިއެވެ.

މިގޮތަށް ނިންމަވައިފައި ވަނީ މިއަދު ހަވީރު އެ ޕާޓީން ބޭއްވި މަޝްވަރާ މަޖިލީހުންނެވެ. މި މަޖިލީހުން ނިންމަވައިފައި ވަނީ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ކުރުމަށް ރައީސް ޞާލިޙް އެދި ވަޑައިގެންފައިވާތީ ކަމަށް އެ ޕާޓީން ވިދާޅުވިއެވެ.

އަދާލަތު ޕާޓީން އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދަށް ތާއީދު ކުރަން ނިންމަވައިފައިވާ އިރު، ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް ވަނީ އެމްޑީޕީ ކެނޑިޑޭޓަށް ތާއީދު ކުރަން ނިންމަވައިފައެވެ. ކޯލިޝަންގައި ދެން ހިމެނޭ ރައީސް މައުމޫންގެ އެމްއާރުއެމްއިން އަދި ވަކި ގޮތެއް ނުނިންމައެވެ. ނަމަވެސް މި އިންތިޚާބަށް ބޮޑެތި ނުފޫޒު ފޯރުވަމުންދާކަމަށް ތުހުމަތުކޮށް، ރައްޔިތުންނަށް އެންމެ ފެންނަ ކެނޑިޑޭޓަކަށް ވޯޓް ލުމަށް އެމްއާރުއެމް އިން މިއަދުވަނީ ގޮވައިލައްވައިފައެވެ.

Advertisement
Ooredoo — Square (box)

އަދާލަތު ޕާޓީން ރާޝިދަށް ތާއީދު ކުރަން ނިންމި ނަމަވެސް އަދާލަތު ޕާޓީގެ ބައެއް އިސް ބޭފުޅުން ގެންދަވަނީ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ނުކުރާ ކަމަށް ވިދާޅުވަމުންނެވެ. މިއަދު އަދާލަތު ޕާޓީގެ ދީނީ މަޖިލީހުގެ މެންބަރު ޝެއިޚް ޒައިދު ވަނީ މި އިންތިޚާބުގައި އެމްޑީޕީއަށް ވޯޓް ނުލުމަށް ގޮވައިލައްވައިފައެވެ.

އަދާލަތަށް ނިސްބަތްވާ މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްސް ވަނީ ރާޝިދުގެ ކެންޕެއިނުން ފެނިގެން ގޮސްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް