ޚަބަރު

ހަތަރު މީހަކަށް ވެންޓިލޭޓަރުގައި އަދި ހަތް މީހަކު އައިސީޔޫގައި ފަރުވާ ދެމުން އެބަދޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް ބަލީގައި 48 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިގެން ފަރުވާ ދެމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

Ads by Hajj Corporation

މިއަދު އާއްމު ކުރި ތަފާސް ހިސާބުގައި އެޗްޕީއޭއިން ވިދާޅުވީ މިވަގުތު ހުޅުމާލޭ ކޮވިޑް-19 ފެސިލިޓީގައި 37 މީހަކަށް ފަރުވާދެމުން އަންނަ ކަމަށެވެ. މީގެ ތެރެއިން 7 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަަންނައިރު، 4 މީހަކު އޮތީ ވެންޓިލޭޓަރުގައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި މިވަގުތު 9 މީހަކަށް ފަރުވާދެމުންދާއިރު، އައްޑޫ އަދި ބ އަތޮޅުގެ ކޮވިޑް-19 ފެސިލިޓީގައި ދެ މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް-19 އަށް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 2,349 މީހުން ފައްސިވެ، ރިކޯޑް އަދަދެއް ވަނީ ފައްސިވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 1,325 މީހުންނެވެ. އަދި އަތޮޅުތެރެއިން 681 ވޭދަނައާއި ރިސޯޓުތަކުން 54 ވޭދަނަ ފެނިފައިވާ ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

ކޮވިޑްގެ ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި މިހާރު އުޅެނީ 13,035 ވޭދަނައެވެ. މިއަދު ފައްސިވި މީހުންނާ އެކު ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 114,977އަށް އަރައިފައެވެ.

މިހައިތަނަށް މި ބަލިން 101,660 މީހުން ރަނގަޅުވެފައިވާއިރު، މި ބަލީގައި 269 މީހަކު ވަނީ ނިޔާވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!