Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރެޕިޑް ޓެސްޓް ކިޓް ބޭނުން ކުރަން ހުއްދަދޭ ދުވަސް އަދި ކަނޑައެއް ނާޅާ

ރެޕިޑް ޓެސްޓް ކިޓް ބޭނުން ކުރަން ހުއްދަދޭ ދުވަސް އަދި ކަނޑައެއް ނާޅާ

ކޮވިޑް-19އަށް ޓެސްޓު ކުރުމަށް، ރާއްޖޭގައި ރެޕިޑް ޓެސްޓް ކިޓު ބޭނުން ކުރަން ހުއްދަ ދޭނެ ވަކި ދުވަހެއް އަދި ކަނޑަނާޅާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ހާމަކޮށްފިއެވެ.

ބަލި ކޮންޓްރޯލު ކުރުމަށް ވުރެ ބޮޑަށް ރެޕިޑް ޓެސްޓަށް ތައާރަފް ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭއިން މީގެ ކުރީން ވަނީ މައުލޫމާތު ދީފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ރެޕިޑް ޓެސްޓުތައް ހަދާ ރެޕިޑް ޓެސްޓްތައް ދަނީ އިތުރުވަމުންނެވެ.

މިނިސްޓްރީ އޮފް ހެލްތާއި އެޗްޕީއޭ ގުޅިގެން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަންކަމާ ގުޅުވައިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެމެރިކާ އަދި އެފްޑީއޭ ޔޫއެލް އެޕްރޫވްޑް ރެޕިޑް ޓެސްޓު ކުރިއަށް އޮތް ތަނުގައި ބޭނުން ކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ.

Advertisement
Allied Insurance — Square (box)

"ޔޫއެސް އަދި އެފްޑީއޭ ޔޫއެލް އެޕްރޫވްޑް، ޑަބްލިޔުއެޗްއޯގެ ކޮލިފިކޭޝަން ލިބިފައިވާ ރެޕިޑް ޓެސްޓުތަކަށް އަޅުގަނޑުމެން ފުރުސަތު ހުޅުވައިލެވޭތޯ ބަލާނަން" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް މިހެން ވިދާޅުވި ނަމަވެސް، ރާއްޖޭގައި ރެޕިޑް ޓެސްޓު ކިޓު ބޭނުން ކުރަން ފަށާނެ ވަކި ދުވަހެއް ވިދާޅުވެފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް