ލައިފްސްޓައިލް

ހިނގުމަކީ މާބަނޑު އަންހެނުންނަށް ކުރެވިދާނެ ލުއި އަދި ފައިދާ ހުރި ކަސްރަތެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މާބަނޑު އަންހެނުންނަށް ވަރުބަލިކަން އިހުސާސްވުމަކީ އާންމު ކަމެކެވެ. އެހެން ނަމަވެސް، ވަރުބަލިވާތީ ހަރަކާތްތެރިވެ ނޫޅުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

Ads by Hajj Corporation

ރަނގަޅު ގޮތަކީ ކޮންމެ ދުވަހަކު ވެސް، މަދުވެގެން 30 މިނެޓު ވަންދެން ކޮންމެވެސް ކަހަލަ ކަސްރަތެއް ކޮށްލުމެވެ. މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމުގެ ފައިދާ، މައިމީހާއަށާއި ތުއްތު ދަރިފުޅަށް ވެސް ލިބެއެވެ.

އެގޮތުން މާބަނޑު އަންހެނުންނަށް ކުރަން އެންމެ ފަސޭހަ ވާނެ ލުއި ކަސްރަތަކީ ހިނގުމެވެ. ކޮންމެ ދުވަހަކު ވެސް، 30 ވަރަކަށް މިނެޓު ހިނގައިލުމަކީ ވަރަށް ފައިދާ ހުރި ކަމެކެވެ.

އެހެން ނަމަވެސް ވަރުބަލިވާ ނަމަ، ގިނައިރު ހިނގުން އެދެވިގެން ނުވެއެވެ. އެންމެ ރަނގަޅު ގޮތަކީ މާބަނޑުވާން ޕްލޭން ކުރާ ހިސާބުން ކަސްރަތު ކުރަން ފެށުމެވެ.

މާބަނޑު ދުވަސްވަރު ހިނގުމަކީ އާންމުކޮށް ވިހެއުމުގެ ތެރޭގައި ދިމާވާ އެކި މައްސަލަތައް ދިމާވުން ދުރު ކޮށްދޭ ކަމެެކެވެ. އެގޮތުން ހަކުރު މައްޗަށް ދިޔުމާއި، އިމަޖެންސީ ހާލަތުގައި ސިޒޭރިއަން ހެދުން ފަދަ ކަންކަން ދިމާވުން ދުރު ކޮށްދެއެވެ.

ހިނގުމަކީ މާބަނޑު އަންހެނާގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް ވެސް އެހީއެކެވެ. މިކަމުގެ ސަބަބުން ވިހެއުމަށް ފަހުގައި ވެސް ބަރުދަން ލުއި ކުރުމަށް ފަސޭހަ ވެގެންދެއެވެ.

ބުރަކަށީގައި ރިއްސުމާއި، އެހެން ވެސް ތަންތަނުގައި ރިއްސުމަކީ މާބަނޑު އަންހެނުންނަށް ދިމާވާ މައްސަލަތަކެވެ. ހިނގުމަކީ މިފަދަ މައްސަލަތަކުން ވެސް ދުރުކޮށްދޭނެ ރަނގަޅު ކަސްރަތެއް ކަމަށް ސިއްހީ ލިޔުންތަކުގައިވެސް ވެއެެވެ.

ސަމާލުކަން ދޭން ޖެހޭ ކަންކަން:

ތިބާއަކީ މާބަނޑު ވުމުގެ ކުރިން ހެލިފެލިވެ އުޅުނު މީހެއް ނޫން ނަމަ، ކުއްލިއަކަށް ގިނައިރު ހިނގަން ނުފަށާށެވެ. ލަސްލަހުން ވަގުތު އިތުރު ކުރަމުންދާށެވެ. ނަމަވެސް ކުރިން ވެސް ކަސްރަތުކޮށް އުޅުނު ނަމަ، މާބަނޑުއިރު "އެކްޓިވް"ވުން މައްސަލައެއް ނެތެވެ.

ހިނގުމުގެ އިތުރުން، ފެތުމާއި ޔޯގާއަކީ ވެސް މާބަނޑު އަންހެނުންނަށް ކުރެވިދާނެ މުހިންމު ކަސްރަތެކެވެ.

މަސްދަރު: ހެލްތުލައިން.ކޮމް

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!