ލ.އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް ކޮވިޑްގެ ވޭދަނަތައް އެބައޮތް!

ލ.އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ވެސް ކޮވިޑް-19ގެ ވޭދަނަތައް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ އަތޮޅުން އެންމެ ގިނަ ވޭދަނަ މިވަގުތު ފެނިފައި ވަނީ ރީޖަނަލް ހޮސްޕިޓަލް ހުންނަ ލ. ގަމުންނެވެ. މި ވަގުތު އެރަށުގައި ބަލި ޖެހިފައިވާ 93 ދޭސީންނާއި 13 ބިދޭސީން އެބަތިއްބެވެ. ދެވަނައަށް އެންމެ ގިނަ މީހުން ފައްސި ވެފައިވަނީ އެ އަތޮޅު ވެރިރަށް ލ. ފޮނަދޫންނެވެ.
- ލ. ގަން - 106
- ލ. ފޮނަދޫ - 46
- ލ. އިސްދޫ / ލ. ކަލައިދޫ - 21
- ލ. މާމެންދޫ - 13
- ލ. ހިތަދޫ - 20
- ލ. މާބައިދޫ - 7
- ލ. ކުނަހަންދޫ - 7
- ލ. ދަނބިދޫ - 16
- ލ. މުންޑޫ - 8
- ލ. މާވަށް - 1






ކޮމެންޓް