ޚަބަރު

ކޮވިޑާ ގުޅިގެން ދިއްދޫގައި ފިޔަވަޅުތައް ވަރުގަދަކޮށް ކާފިއު ހިންގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19ގެ ވޭދަނަތައް އިތުރުވުމާ ގުޅިގެން ހއ. ދިއްދޫގައި ފިޔަވަޅުތައް ވަރުގަދަކޮށް ކާފިއު ހިންގައިފިއެވެ.

Ads by STELCO

ދިއްދޫގައި ވެސް މިހާރު ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުން ދިޔުމާ ގުޅިގެން، މި މަހުގެ 20ވަނަ ދުވަހު އެ ރަށް ވަނީ މޮނީޓަރިންއަށް ވެސް ލައިފައެވެ.

އެ ރަށު ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދިއްދޫގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީ ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް އެޗްޕީއޭއިން ދިއްދޫ މޮނީޓަރިންގަށް ލައިފައިވުމާ ގުޅިގެން، ރައްކާތެރިކަމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމައިފައިވާ ކަމަށެވެ.

އެގޮތުން ދިއްދޫގައި އަޅައިފައިވާ ފިޔަވަޅުތަކަކީ:

▪︎ މަގުމަތީގައާއި އެހެނިހެން ތަންތަނުގައި ވެސް މީހުން އެއްވެ ނޫޅުމަށާއި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުންނަ އިރު މާސްކު އެޅުމަށާއި ގައިދުރުކަން ބެހެއްޓުން.

▪︎ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުން

▪︎ ފިހާރަ،ރެސްޓޯރަންޓް ފަދަ ތަންތަނަށް އެއްފަހަރާ ވަދެވޭނެ އަދަދެއް ކަނޑައަޅައި އެތަންތަނުގެ އެތެރޭގައްޔާއި ބޭރުގައި ވެސް ގައިދުރުކަން ބެހެއްޓޭނެ ގޮތަށް 3 ފޫޓު ދުރުގައި ކަސްޓަމަރުންނަށް ތިބެވޭނެ އިންތިޒާމުތައް ހަމަޖެއްސުން

▪︎ ސެލޫންތަކާއި ބޯކޮށާ ތަންތަން ރޭގަނޑު 9:00ގެ ފަހުން ބަންދު ކުރުން

▪︎ ފިހާރަތައް ވެސް ރޭގަނޑު 9:00ގެ ފަހުން ބަންދުކޮށް، 9:00އިން 10:00އަށް ޑެލިވަރީގެ ހިދުމަތް ދިނުން

▪︎ ކެފޭ،ރެސްޓޯރަންޓު ފަދަ ތަންތަން ވެސް ރޭގަނޑު 9:00ގެ ފަހުން ބަންދު ކުރުން. އަދި 9:00އިން 12:00 އަށް ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތް ދިނުން

▪︎ ރޭގަނޑު 9:00އިން ފަތިހު 4:00އަކީ ކާފިއު ވަގުތުކަމުގައި ހަމަޖައްސައި އެވަގުތު ތަކުގައި ބޭރަށް ނުކުމެ އުޅުން މަނާކުރުން. އަދި ހުއްދަ ދީފައިވާ އުޅަނދެއް ފިޔަވައި އިތުރު އުޅަނދު ދުއްވުން ހުއްޓައިލުން

▪︎ ދިއްދޫއިން ކޮންމެހެން ފުރަން ޖެހޭ އުޅަނދެއް ފިޔަވައި އިތުރު އުޅަނދެއް ފުރާނަމަ ކައުންސިލުގެ ހުއްދައާ އެކު ފުރުން

▪︎ ޕާޓީތަކާއި ހަފްލާތައް ބޭއްވުން ހުއްޓައިލުން، އަދި ކުޅިވަރު ހަރަކާތްތައް ވެސް ކުރިއަށް ނުގެންދިޔުން

▪︎ ޓިއުޝަން ކްލާސްތަކާއި ކިޔަވައިދޭ އެހެނިހެން ތަންތަނަށް ކުދިން ހާޒިރުކޮށްގެން ކިޔަވައި ދިނުން ހުއްޓައިލުން

▪︎ ސްކޫލު މަދަރުސާތަކުގައި ގްރޭޑް 7އިން ދަށުގެ ކުދިން، ހާޒިރުކޮށްގެން ކިޔަވައި ދިނުން ހުއްޓައިލުން

Ads by Ooredoo
  1. ނާޅި

    މިހާރު ދެން ކައުންސެލް ބޭނުންވާ އިރަށް ރައްޔިތުންގެ އަސާސީ ހައްޤު ނިގުޅާއިގަނެ ކާފިއު މިހިންގަނީ ކޮންގޮތަކުން؟

  2. ޤާނޫނު އަސާސީ އާއި ހިލާފު އިދާރީ ނިންމުންތަކެއް، އަސާސީ ހައްޤު ނިގުޅައި ގަނެވޭނެ އެއްވެސް ހާލަތެއް ނޯނާނެ، ޤާނޫނު އަސާސީގައިވާ އަސާސީ ހައްގު ނިގުޅައިގަނެވޭ އިދާރީ ނިންމުން !