އެޗްއީއޯސީއަށް މުވައްޒަފުން ހޯދަނީ

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)އަށް މުވައްޒަފުން ހޯދަން އިއުލާނު ކޮށްފިއެވެ.
އެ ސެންޓަރަށް ހޯދަން އިއުލާނު ކޮށްފައި ވަނީ 10 މެޑިކަލް އޮފިސަރުންނާއި، 60 ސުންކު ޓޭކަރުންގެ އިތުރުން 10 ސަޕޯޓް ސްޓާފުންނަށެވެ.
މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފައި ވަނީ މިމަހު 30 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ. އެޗްއީއޯސީން މި މަގާމުތަކަށް މީހުން ހޯދަމުން ދަނީ ހަ މަސް ދުވަހުގެ މުއްދަތަކަށެވެ.
ސަޕޯޓް ސްޓާފުންނާއި ސާމްޕަލް ޓޭކަރުންނަށް އެޗްއީއޯސީން ހުށަހަޅައިފައި ވަނީ މަހަކަށް 7،500 ރުފިޔާއެވެ. އަދި މެޑިކަލް އޮފިސަރުންނަށް ހުށަހަޅައިފައި ވަނީ މަހަކަށް 24،240 ރުފިޔާއެވެ. މެޑިކަލް އޮފިސަރުން ހޯދަމުން ދަނީ ކޮވިޑަށް ފައްސިވާ ފަރާތްތަކާއި، ކޮންޓެކްޓްވެފައިވާ ފަރާތްތަކަށް އޮންލައިން ކޮންސަލްޓޭޝަން ހަދާ، ބޭނުންވާ އިތުރު ފަރުވާ ފޯރުކޮށްދިނުމަށެވެ.
ރާއްޖޭގެ ކޮވިޑްގެ ހާލަތު މިފަހަކަށް އައިސް ދަނީ ދުވަހުން ދުވަހަކަށް ދަށްވަމުންނެވެ. އެގޮތުން އިއްޔެ ވެސް މި ބައްޔަށް ރާއްޖެއިން މުޅިއަކު 2،484 މީހުން ފައްސިވެފައިވާ އިރު، މި ބައްޔަށް ފައްސިވީ މުޅި ޖުމްލަ އަދަދު މިހާރު ވަނީ 117،461އަށް އަރައިފައެވެ.