Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ޖުލައިމަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ

މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ޖުލައިމަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ

މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުން ކުރެވޭނެ މުއްދަތު އަނެއްކާ ވެސް އިތުރު ކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)އިން ބުނީ، ހަލުވިކަމާ އެކު އަނެއްކާ ވެސް ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން އާއްމު ރައްކާތެރިކަމަށް ޓަކައި އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އެ އިދާރާއަށް ހާޒިރުވާން ޖެހޭ ފަރާތްތައް ވީހައި ވެސް މަދުކުރުމަށް ޓަކައި މުއްދަތު ހަމަވާ ކާޑުތަކުގެ މުއްދަތު އިތުރު ކުރުމަށް ނިންމައިފައިވާ ކަމަށެވެ.

އެގޮތުން މުއްދަތު ހަމަވެފައިވާ އައިޑީކާޑުތަކުގެ މުއްދަތު ޖުލައި މަހުގެ 31ގެ ނިޔަލަށް މިހާރު ވަނީ އިތުރު ކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

ޑީއެންއާރުން ވަނީ ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން ވެސް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އައިޑީކާޑުގެ މުއްދަތު ބަލާއިރު މިގޮތަށް އަމަލު ކުރުމަށް އެދިފައެވެ.

މުއްދަތު ހަމަވެފައިވާ އައިޑީކާޑުގެ މުއްދަތު އިތުރު ކުރި ނަމަވެސް ޑީއެންއާރްއިން ބުނީ، ގްރޭޓާ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް މިހާރެކޭ އެއްފަދައިން އޮންލައިންކޮށް ވެބް ޕޯޓަލް މެދުވެރިކޮށް އަދި އަތޮޅުތެރޭގައި ކުރިއެކޭ އެއްގޮތަށް ކައުންސިލް އިދާރާތައް މެދުވެރިކޮށް ކާޑު ހެދުމަށް ހުށަހެޅޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް