ދުނިޔެ

ނުރައްކާތެރި އިތުރު ވޭރިއަންޓްތައް އުފެދިދާނެ، މިއީ ކޮވިޑް-19 ނިމުމެއް ނޫން: ޑަބްލިއުއެޗްއޯ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޤައުމުތަކުން ފޯކަސް ކުރަންވީ މި ބަލިމަޑުކަމުން އަރައިގަންނަން ކަމަށާއި އޮމިކްރޮން ވޭރިއަންޓަކީ ބަލިމަޑުކަމުގެ ނިމުން ކަމަށް ބަލައިގެން މަސައްކަތް ކުރުމަކީ ނުރައްކާތެރިކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔޫއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް، ޓެޑްރޮސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޑަބްލިއުއެޗްއޯގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައ ޓެޑްރޮސް ވިދާޅުވީ، މިހާރު ދުނިޔޭގެ ހާލަތަށް ބަލާ ނަމަ އިތުރު ވޭރިއަންޓްތައް އުފެދުމަކީ ގާތް ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް އަބަދު ޕެނިކް މޯޑަށާއި ވާނެ ގޮތެއް ވާން ދޫކޮށްލައިގެން ތިބޭ މޯޑްއަށް ބަދަލުވެ ބަދަލުވެ ނުތިބެވޭނެ" ޓެޑްރޮސް ވިދާޅުވިއެވެ.

ޓެޑްރޮސް ވިދާޅުވީ، ހާލަތު އެންމެ ނުރައްކާވުން އަވަސް އަރުވައިލައިގެން ފިޔަވަޅުތައް ވަރުގަދަ ކުރުމަކީ އެކަމުގެ ހައްލު ނޫން ކަމަށެވެ. އަދި ވެކްސިންގައި ދުނިޔެއިން ގެންގުޅޭ ސިޔާސަތައް ފާޑު ވިދާޅުވިއެވެ.

މިގޮތުން ވިދާޅުވީ، މިކަމުން މުޅި ދުނިޔެ އަރައިގަނެވެން އޮތީ އެއްކޮށް ކަމަށާއި ވެކްސިން މިހާރު ގެންގުޅޭ ސިޔާސަތުތަކުން އިތުރު ވޭރިއަންޓްތަކަށް ފުރުސަތު އޮވެދާނެ ކަމަށެވެ.

މުއްސަދި ޤައުމުތަކުގައި މިހާރު ހަތަރު ވަނަ ޑޯޒް ޖަހަމުން އަންނައިރު، ފަޤީރު ޤައުމުތަކުގައި ކޮވިޑް-19 އެންމެ ޑޯޒެއް ވެސް ނުޖަހާ މީހުން އެބަތިއްބެވެ.

Ads by HDC
  1. ހިއުމެން ޓުރެފިކް ކުރަން އުފައްދައިގެން އުޅޭ ހިޔާލީ ވަހުމީ ބައްޔެއްވީމާ އަބަދުވެސް ތިބެން ޖެހޭނީ ބަލިމަޑު ކަމުގެ ޝައްކުގެ ތެރޭގައި، ﷲ އެކަލާގެ ކުޅަދުން ވަންތަ ކަމުގެ އާޔަތް ދައްކަވާނެ މިކައުނުގައި އަދި އިންސާނާގެ ނަފުސުގައިވެސް .