ޚަބަރު

ކޮވިޑް ކޭސްތައް 2،700 އަށް ވުރެ މަތީގަައި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖެއިން މިއަދު އިތުރު 2707 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 1420 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 761 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 94 މީހަކު މި ބައްޔަަށް ފައްސި ވެފައިވެއެވެ. އަދި ކަނޑު އުޅަނދުފަހަރުން ތިން މީހުން މި ބައްޔަށް މިއަދު ފައްސި ވެފައިވެއެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 120،168 މީހުންނެވެ.

މިހައިތަނަށް މި ބަލިން ފަސޭހަވެފައި ވަނީ ޖުމްލަ 104،164 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 52 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހައިތަނަށް 270 މީހުން ނިޔާވެފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!