Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

އަލީ ސޯލިހްގެ ރައްދު ޝިދާތާއަށް: މަޖިލީހަށް ޖަވާބު ދާރީވާން ނުކެރޭ ބޭފުޅުން ބޭކާރު ވާހަކަ ނުދައްކަވާ

އަލީ ސޯލިހްގެ ރައްދު ޝިދާތާއަށް: މަޖިލީހަށް ޖަވާބު ދާރީވާން ނުކެރޭ ބޭފުޅުން ބޭކާރު ވާހަކަ ނުދައްކަވާ

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް އަމާޒުކޮށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ދެއްކެވި ވާހަކަތަކަށް ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ޞާލިހް ރައްދު ދެއްވައިފިއެވެ.

އަލީ ސޯލިހްގެ ރައްދު ޝިދާތާއަށް އަމާޒުވެފައި ވަނީ ގާސިމްގެ އިހްލާސްތެރިކަމާ މެދު ޝިދާތާ ސުވާލު އުފެއްދެވުމާ ގުޅިގެންނެވެ. ގާސިމަކީ ކޮވިޑަށް ހައިރިސްކް ބޭފުޅަކަށް ވާތީ ކަމަށް ބުނެ ދެއަަހަރު މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަންނަވާ ހުންނެވުމަށް ފަހު، ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަން ކެމްޕެއިނަށް ޤާސިމް ވަޑައިގަންނަވާތީ ސިދާތާ ވަނީ ޤާސިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ސޯލިހް އައްޑޫ އޮންލައިންއަށް ވިދާޅުވީ މަގާމުގައި ހުންނެވިއިރު ޤާނޫނުން ޖަވާބުދާރީވުމަށް މަތިކޮށްފައި ހުންނަ ތަންތަނަށް ޖަވާބުދާރީ ނުވާން ފިއްލަވާ ބޭފުޅަކު ދައްކަވަނީ ބޭކާރު ވާހަކަތަކެއް ކަމަށެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން ޞާލިހް ވިދާޅުވީ މަޖިލީހަށް ޖަވާބުދާރީވާން ޖެހުނު ފަހަރުގައި އެކަމާ ބިރުން ޝިދާތާ ފިއްލަވައިފައިވާ ކަމަށާއި އެފަދަ ބޭފުޅަކު ސިޔާސީގޮތުން ދައްކަވާނެ އިތުރު ވާހަކަތަކެއް ނޯންނާނެކަމަށެވެ.

އަންނަ މަހުގެ 05ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓަށް ކެމްޕެއިނަށް ކުރެއްވުމަށް ގާސިމް ކޮމަންޑޫއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް