ދިއްދޫގެ ހާލަތު ވެސް ވަރަށް ގޯސް، މިއަދު 76 މީހުން ފައްސި

ހއ.ދިއްދޫން އިތުރު 76 މީހުން ކޮވިޑަށް ފައްސިވެއްޖެއެވެ.
ދިއްދޫގައި ހުންނަ އެ އަތޮޅުގެ ހޮސްޕިޓަލުން އާންމު ކުރިއެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ ރަށުން ޖުމްލަ 547 މީހުން ކޮވިޑަށް ފައްސިވެފައިވެއެވެ. އަލަށް ފައްސިވި 76 މީހުންގެ ތެރޭގައި ހިމެނެނީ އެއީ 35 ފްލޫކްލިނިކް ސުންކާއި އެއްތާވި މީހުންގެ ގޮތުގައި ހިމެނޭ 32 މީހުންނާއި ވަކި ތަރުތީބެއް ނެތި ނެގުނު 4 ސުންކަކާއި ކަރަންޓީން 4 ސުންކުކެވެ.
އެ ރަށުން ޖުމްލަ 3595 ސުންކު ވަނީ ނަގައިފައެވެ. އޭގެ ތެރެއިން ނަތީޖާ ނުލިބި ވަނީ 96 ސުންކެވެ. އަދި ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 443 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.
ދިއްދޫ ވަނީ ހަތަރު ފަހަރެއްގެމަތީން މޮނީޓަރީންއަށް ލެވިފައިއެވެ. އެންމެ ފަހުން މޮނިޓަރިންއަށް ލައިފައި ވަނީ އެ ރަށުން ފްލޫ ކްލިނިކަށްދެއްކި މީހަކު ފައްސިވެގެންނެވެ