Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ނުރައްކާ ކުޑައެއް ނުވޭ، މިއަދުވެސް ރިކޯޑު އަދަދަކަށް މީހުން ފައްސި!

ނުރައްކާ ކުޑައެއް ނުވޭ، މިއަދުވެސް ރިކޯޑު އަދަދަކަށް މީހުން ފައްސި!

ރާއްޖެއިން މިއަދު އިތުރު 2609 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 1427 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 783 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 109 މީހަކު މި ބައްޔަަށް ފައްސި ވެފައިވެއެވެ.

Advertisement
HDC — Sidebar (box)

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 122،777 މީހުންނެވެ.

މިހައިތަނަށް މި ބަލިން ފަސޭހަވެފައި ވަނީ ޖުމްލަ 105،827 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 57 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހައިތަނަށް 271 މީހުން ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް