Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެމްޑީޕީގެ މޫނުމަތީގައި އެތިފަހަރެއް ޖެހުމުން ލިބޭނެ މޮޅެއް ނެތް: ގާސިމް

އެމްޑީޕީގެ މޫނުމަތީގައި އެތިފަހަރެއް ޖެހުމުން ލިބޭނެ މޮޅެއް ނެތް: ގާސިމް

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ މޫނުމަތީގައި އެތިފަހަރެއް ޖެހުމުން ލިބޭނެ މޮޅެއް ނެތް ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދަށް ތާއީދު ހޯދުމަށް ށ.ފޯކައިދޫގައި މިއަދު ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާއި އެމްޑީޕީގެ މޫނުމަތީގައި އެތިފަހަރެއް ޖަހައިފައި ދިޔުމުން ލިބޭނެ މޮޅެއް އެއްވެސް ކަމަކުން ނެތް ކަމަށާއި ލިބޭނީ ހުސް ދެރަ ކަމަށެވެ.

"އެންމެ ކުޑަވެގެން އާސަންދަ ދޭން އިންނާނީ ވެސް އެމްޑީޕީ ދެކެ ލޯބިވާ، އެމްޑީޕީއަށް އިހުލާސްތެރި މިއަދުގެ ސަރުކާރަށް ލޯބިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާނާތްތެރި ބޭފުޅުން. ދެން ކިހިނެއްތޯ މާ ފަސޭހައިން އާސަންދައިގެ ޝަރުތުތައް ފުރިހަމަވެއޭ ބުނާނީ، އެހެން މިހެން ހަދައިފައި ކަޓުވައިނުލާނެ ކަމަށް އަޅުގަނޑުމެންނަށް ވިސްނެނީތޯ" ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން ގާސިމް ވިދާޅުވީ ކޮމަންޑޫ ދާއިރާގައި ސަރުކާރުން އެތައް މިލިއަން ޑޮލަރުގެ ޕްރޮޖެކްޓުތައް ހިންގަމުންދާ ކަމަށާއި އަދި ކުރިއަށް އަންނަން ވެސް އެތައް ޕްރޮޖެކްޓުތައް އެބަހުރި ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް