Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އަދިވެސް ނަންބަރުތައް 2000އިން މަތީގައި، ހާލަތު ރަނގަޅެއް ނުވޭ!

އަދިވެސް ނަންބަރުތައް 2000އިން މަތީގައި، ހާލަތު ރަނގަޅެއް ނުވޭ!

ރާއްޖެއިން މިއަދު އިތުރު 2499 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 1280 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 697 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 56 މީހަކު މި ބައްޔަަށް ފައްސި ވެފައިވެއެވެ. އަދި ކަނޑު އުޅަނދުފަހަރުން އެކަކު މި ބައްޔަށް ފައްސިވެފައިވެއެވެ.

Advertisement
Ooredoo — Square (box)

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 128،089 މީހުންނެވެ.

މިހައިތަނަށް މި ބަލިން ފަސޭހަވެފައި ވަނީ ޖުމްލަ 110،852 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 54 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހައިތަނަށް 274 މީހުން ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް