Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހިރިމަރަދޫ އަތިރިމަތިން މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ހިރިމަރަދޫ އަތިރިމަތިން މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ހދ. ހިރިމަރަދޫ އަތިރިމަތީގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހިރިމަރަދޫގައި މީހަކު ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމުގެ މައުލޫމާތު 27 ޖެނުއަރީ 2022ވަނަ ދުވަހުގެ މެންދުރު 1:30 ހައިއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ނިޔާވެފައި ވަނީ އުމުރުން 71 އަހަރުގެ އަންހެނެއް ކަމަށާއި އެމީހާ ފެނިފައި ވަނީ ހިރިމަރަދޫ އަތިރިމަތިން ރާޅުޖަހާ ހިސާބު މޫދުގައި އޮއްވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ފުލުހުން ވިދާޅުވީ، މި ހާދިސާއާ ގުޅިގެން މިހައިތަނަށް ބެލި ބެލުމުން އެއްވެސް ޒަހަމެއް އެމީހާގެ ހަށިގަނޑަށް ލިބިފައިވާތަން ފެނިފައި ނުވާ ކަމަށެވެ.

މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް