މުނިފޫހިފިލުވުން ދިވެހި ސިނަމާ

ޑާކްރެއިންގެ ސްޓޫޑިއޯ ފަޅައިލައި، 40،000 ރުފިޔާއަށް ވުރެ އަގުބޮޑު ތަކެތި ވަގަށް ނަގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ނަން މަޝްހޫރު ފިލްމު ޕްރޮޑަކްޝަން ހައުސް ކަަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓްގެ ސްޓޫޑިއޯ ފަޅާލައި، 40،000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނަގައިފިއެވެ.

Ads by Sosun Fihaara

އެނގިފައިވާ ގޮތުގައި ޑާކްރެއިންގެ ސްޓޫޑިއޯ އިއްޔެ ފަތިހުގެ ވަގުތެއްގައި ފަޅައިލައިފައި ވަނީ އެތާގެ ބިއްދޮށް ފަރާތު ދޮރު މަތާލުމަށް ފަހު އެތާގައި ޖަހާފައި ހުރި ޕްލައިވުޑް ބިއްގަނޑު ހަލާކު ކޮށްލައިގެންނެވެ.

ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ޑާކްރެއިން އެންޓަޓެއިންމެންޓުގެ ބާނީ މުހައްމަދު އަލީ (މޮގާ) ބުނީ، އެ ސްޓޫޑިއޯއިން ވަގަށް ނަގައިފައި ވަނީ ދެ ރޮނިން އާރްއެސް ޓޫ، އެއްގެ އިތުރުން ސިމްސާ 50-100 އެމްއެމްގެ ލެންސެއް ކަމަށެވެ.

ގެއްލުނު ތަކެތީގެ އަގު 40،000 ރުފިޔާއަށް ވުރެ ބޮޑު ވާނެކަން އެނގިފައިވާއިރު، މޮގާ ބުނީ އެ ތަކެއްޗަކީ ކުރިއަށް ފަށަން ވެފައި އޮތް ފިލްމަށް ގެނެސްފައިވާ ތަކެތި ކަމަށާއި، އެ ތަކެތި ނެތުމުން ފިލްމްގެ ކަންކަން އިހަށް މަޑުޖެހިފައި ވާކަމަށެވެ.

އެ ފިލްމުގެ ކަންކަން ދެން ފެށޭނީ ގެއްލުނު ތަކެތި އަނބުރާ ލިބިގެން ނުވަތަ އަލުން އަނެއްކާ ތަކެތި ގަނެގެން ކަމަށް ވެސް މޮގާ ބުނެފައިވެއެވެ.

Ads by Ooredoo
  1. އާދަމް

    ސިމްސާ 50-100 އެމްއެމްގެ ލެންސް ކިޔާ އެއްޗެއް ހުންނަހެނެއް ހިޔެއް ނުވޭ! ޑާކްރެއިން އިން އަމިއްލަ އެއްޗެހި އުފައްދަނީތަ؟