ޚަބަރު

ޑާކްރެއިނުން ވަގަށް ނެގި އަގުބޮޑު ރޮނިންއެއް ވިއްކައިލީ އެންމެ 500 ރުފިޔާއަށް، އަދިވެސް ބައެއް ތަކެތި ނުފެނޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ ގިނަ ދުވަސްވީ އެއް ޕްރޮޑަކްޝަން ހައުސްކަމުގައިވާ ޑާކްރެއިން ސްޓޫޑިއޯއިން ވައްކަންކޮށް، ވަގަށް ނެގި މުދާތަކުގެ ތެރެއިން ރޮނިންއެއް އަނބުރާ ހޯދިއްޖެއެވެ.

Ads by Sosun Fihaara

ޑާކްރެއިނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "އަހްމަދު އިޔާން" ނަމަކަށް ކިޔާ މީހެއްގެ އެހީގައި، ވަގަށް ނަގައިފައިވާ މުދާތަކުގެ ތެރެއިން އެއް ރޮނިން މިހާރު ހޯދިފައިވާ ކަމަށެވެ.

"އޭތި ވަގަށް ނެގި މީހުން ވަނީ، ބަނގްލަދޭޝް ރައްޔިތަކަށް އެންމެ 500 ރުފިޔާއަށް އޭތި ވިއްކައިލައިފަ. އޭގެ އަސްލު އަގު އެއަށްވުރެ މާ ބޮޑު ވާނެ" ޑާކްރެއިނުން ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފަތިހު ޑާކްރެއިން ސްޓޫޑިއޯ ފަޅައިލައި، މުދާތަކެއް ވަގަށް ނަގައިފައިވާ އިރު، އަދިވެސް ބައެއް ތަކެތި ނުފެނެވެ. އޭގެ ތެރޭގައި ޓޯކިނާ އޭޓީ-އެކްސް 116 ޕްރޯ ޑީއެކްސް-II 16-11 އެމްއެމް އެފް/2.8 ލެންސް، ޑީޖޭއައި ރޮނިން އާރްއެސް 2 ޕްރޯ ކޮމްބޯ ވިތު 3ޑީ ފޯކަސް ހިމެނެއެވެ. ވަގަށް ނެގި ތަކެތީގެ ޖުމްލަ އަގު 40،000 ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ޑާކްރެއިނުން މައުލޫމާތު ދެއެވެ.

މި ތަކެއްޗާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ 7710003 ނަންބަރު ފޯނާ ގުޅުއްވައި، މައުލޫމާތު ހިއްސާ ކުރުމަށް ޑާކްރެއިނުން އެދެއެވެ.

Ads by Allied Insurance
  1. ފަރޭ

    އެއެއްޗެ ދާނީ އެއެއްޗެ ހޯދި ގޮތަކަށް