Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ދާރުލްއާސާރަކާއި ކެފޭއެއް އަޅަނީ

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ދާރުލްއާސާރަކާއި ކެފޭއެއް އަޅަނީ

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ދާރުލްއާސާރަކާއި ކެފޭއަކާއި ސުވެނިއާ ފިހާރައެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް އެ މަރުކަޒުން އިއުލާނުކޮށްފިއެވެ.

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ އެސިސްޓެންޓު ޑިރެކްޓަރު އަލީ ސިފާމް "ސަން"އަށް ވިދާޅުވީ އެތަނަށް ޒިޔާރަތްކުރާ މީހުންނަށް ހިދުމަތް ދިނުމަށް ކެފޭއަކާއި ސުވެނިއާ ފިހާރައެއް ހެދުމަށް މިހާރު ހުޅުވައިލައިފައިވާ ކަމަށެވެ.

އަދި މިހާރު ވެސް އެ އިމާރާތުގައި މަސައްކަތް ކުރަމުންދާ ކަމަށާއި އެ ތަނުގެ ދެފާރެއް ތަޅައިލުމާއި ކޮރިޑޯގައި މުށި ޖެހުމާއި އަދިވެސް އެހެނިހެން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.

Advertisement
Allied Insurance — Square (box)

އުތީމު ގަނޑުވަރަކީ ގިނަ އަދަދެއްގެ ދިވެހިންނާއި، ފަތުރުވެރިން ވެސް ޒިޔާރަތްކުރާ މަރުކަޒެކެވެ. ޚާއްސަކޮށް ސްކޫލް ބަންދުތަކުގައި ގިނަ ރަށްރަށުން އެގަނޑުވަރަށް ޒިޔާރަތް ކުރެއެވެ. އުތީމު ގަނޑުވަރަށް އަހަރަކު 6000އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް