Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އަދިވެސް ނަންބަރުތައް 2500އިން މަތީގައި، ހާލަތު ރަނގަޅެއް ނުވޭ!

އަދިވެސް ނަންބަރުތައް 2500އިން މަތީގައި، ހާލަތު ރަނގަޅެއް ނުވޭ!

ރާއްޖެއިން މިއަދު އިތުރު 2689 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 1296 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 994 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 20 މީހަކު މި ބައްޔަަށް ފައްސި ވެފައިވެއެވެ. އަދި ކަނޑު އުޅަނދުފަހަރުން އެކަކު މި ބައްޔަށް ފައްސިވެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 133،288 މީހުންނެވެ.

މިހައިތަނަށް މި ބަލިން ފަސޭހަވެފައި ވަނީ ޖުމްލަ 115،269 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 53 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހައިތަނަށް 274 މީހުން ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް