ޚަބަރު އިޖުތިމާޢީ

އިތުރު 3,965 މީހުން ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ވެކްސިން ޖެހުމުގެ ކުރިން މަޢުލޫމާތު އެއްކުރަނީ.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19ގެ އާލަމީ ވަބާއިން ސަލާމަތްވުމަށް ބޭނުން ކުރާ ވެކްސިންގެ ބޫސްޓާ ޑޯޒް ރާއްޖެއިން އިތުރު 3,965 މީހުން ޖަހައިފިއެވެ.

Ads by Hajj Corporation

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 397،532 މީހަކު ޖަހައިފައި ވެއެވެ. އަދި ދެވަނަ ޑޯޒް 369،655 މީހަކު ޖަހައިފައި ވާއިރު، ބޫސްޓާ ޑޯޒް ޖަހައިފައި ވަނީ 66،367 މީހެކެވެ.

ރާއްޖޭގައި ކޮވިޑްގެ ބޫސްޓާ ޑޯޒް ޖަހަނީ ކޮވިޝިލްޑް/ އެސްޓްރަޒެނެކާ، ސިނޮފާމް އަދި ފައިޒާ ހިމެނޭހެން ކޮވިޑްގެ އެއްވެސް ވެކްސިނެއްގެ ދެވަނަ ޑޯޒް ޖެހި ފަހުން 6 މަސް ފުރިހަމަ ވެފައިވާ މީހުންނަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!