"އިންޑިއާ އައުޓް"ގޮވުން ޖިނާއީ ކުށަކަށް ހަދައި ޖަލު ހުކުމެއް!

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވައިލައި ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގައި ބައިވެރިވާ ފަރާތްތަކަށް ޖަލު އަދަބު ދެވޭނެ ފަދަ ބިލެއް ވެރިކަން ކުރާ ޕާޓީ، އެމްޑީޕީން ޑްރާފްޓުކޮށްފިއެވެ.
“ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލް”ގައި ކުށެއް ކަމުގައި ބަޔާންކޮށްފައިވާ ކަމެއް ކޮށްފި ނަމަ 20،000 ޖޫރިމަނާ ކުރުން، ޖަލަށް ލުން ނޫނީ ގޭބަންދު ކުރުން ފަދަ އަދަބުތައް ދެވޭނެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ފެށުމުން މި ބިލް ހުށަހަޅާނެއެވެ. އެހެން ނަމަވެސް މަޖިލީހަށް ބިލު ހުށަހަޅާނެ މެންބަރަކު އަދި ކަނޑައެއް ނާޅައެވެ.
އެ ބިލުގެ ބޭނުމަކީ ބޭރު ގައުމުތަކާ އެކު، ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށާއި އެ ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރު ކޮށްފާނެ އަމަލުތައް ހުއްޓުވުން ކަމަށް ޑްރާފްޓުގައި ބަޔާންކޮށްފައިވެއެވެ.
އިންޑިއާ އައުޓް ކެމްޕެއިނަކީ އިންޑިއާ މިލިޓަރީ ރާއްޖޭގައި ގާއިމުވެ ތިބުމާ ދެކޮޅަށް ހިންގާ ކެމްޕެއިނެކެވެ. މި ކެމްޕޭނަށް ސަރުކާރު ހިންގާ ކޯލިޝަންގެ ފާޑުކިޔުން އަބަދުވެސް އޮވެއެވެ. އެ ކޯލިޝަނުން ވަނީ އިންޑިޔާ އައުޓް ގޮވުން ހުއްޓުވައި، އެކަން ކުރާ މީހުންނަށް ފިޔަވަޅު އަޅަން ވެސް ގޮވައިލައިފައެވެ.





ކޮމެންޓް