ޚަބަރު އިޖުތިމާޢީ

ކޮވިޑް-19: 35 ރަށެއް އަދިވެސް މޮނިޓަރިންގައި!

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 ވޭދަނަތައް މުޖުތަމައު ތެރެއަށް ފެތުރި މޮނިޓަރިންއަށް ލައިފައިވާ ރަށްރަށުގެ އަދަދު 35އަށް އަރައިފިއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންމެ ފަހުގެ ކޮވިޑް މައުލޫމާތުތައް ދައްކާގޮތުން މިހާރު މޮނިޓަރިންއަށް ލައިފައިވާ ރަށްރަށުގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގައި އޮތީ މިދިޔަ ޑިސެމްބަރު މަހު މޮނިޓަރިންއަށް ލީ ދެ ރަށެކެވެ. އެއީ ކ. މާފުއްޓާއި ހއ. އިހަވަންދޫއެވެ.

މޮނިޓަރިންގައި މިވަގުތު އޮތް އިތުރު ރަށްރަށުގެ ތެރޭގައި ހދ. ނޮޅިވަރަންފަރު، ށ. ފުނަދޫ، ދ. ބަނޑިދޫ، ލ. ގަން، ގދ. ގައްދޫ، ރ. އުނގޫފާރު އަދި ހދ. ހަނިމާދޫ، އަދި ކ. ގުރައިދޫ، ބ. ކެންދޫ، ރ. ކިނޮޅަސް، ބ. ތުޅާދޫ، ރ. އިނގުރައިދޫ، އަދި ހދ. ވައިކަރަދޫ ހިމެނެއެވެ.

މީގެ އިތުރުން މޮނިޓަރިންގައި އޮތް ރަށްތަކުގެ ތެރޭގައި ބ. އޭދަފުށި، ހއ. ދިއްދޫ، ތ. ގުރައިދޫ، ބ. ގޮއިދޫ، ޅ. ކުރެންދޫ، ހދ. ކުޅުދުއްފުށި، ލ. ދަނބިދޫ، ލ. ހިތަދޫ، ށ. ކަނޑިތީމު، ވ. ކެޔޮދޫ، ނ. ކުޑަފަރީ، ގދ. ތިނަދޫ، ގދ. މަޑަވެލި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ދ. ހުޅުދެލި، ގދ. ވާދޫ، ށ. މިލަންދޫ، ގއ. ކޮލަމާފުށި އަދި ނ. މާޅެންދޫ ހިމެނެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މިހާރު އަނެއްކާ ވެސް އަންނަނީ ވަރަށް ބޮޑަށް ގޯސްވަމުންނެވެ.

ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ރިކޯޑް އަދަދަކަށް މީހުން ވަނީ ބައްޔަށް ފައްސިވެފައެވެ. އެގޮތުން މާލެއިން ފައްސިވި 1،407 މީހުންނާއި އަތޮޅުތެރެއިން ފައްސިވި 962 މީހުންނާ އެކު ޖުމްލަ 2،754 މީހުން ވަނީ އަލަށް ފައްސިވެފައެވެ. މި ބައްޔަށް ރާއްޖެއިން މުޅިއަކު ފައްސިވެފައި ވަނީ 138،880 މީހުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!