ޚަބަރު

އެއްތާވި މީހުން ވެކްސިން ޖަހައިފައިވާ ނަމަ ކަރަންޓީން ނުކުރަން ނިންމައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ކޮވިޑަށް ޓެސްޓު ކުރަނީ… ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19އަށް ފައްސިވާ މީހުންނާ އެއްތާވި މީހުންގެ ތެރެއިން ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ބަލީގެ އެއްވެސް އަލާމާތެއް ނެތް ނަމަ ކަރަންޓީނުވާން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.

Ads by STELCO

އެޗްޕީއޭއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ، މާދަމާއިން ފެށިގެން ބަލީގެ ކޮންޓެކްޓުންނަށް ކަރަންޓީން ކުރަން ޖެހޭ މުއްދަތު ބަދަލު ކޮށްފައިވާ ކަމަށެވެ. އެ ގޮތުން ކޮވިޑަށް ފައްސިވާ މީހުންނާ އެއްތާވި މީހުންގެ ތެރެއިން ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ އެންޓިޖަން ނުވަތަ ޕީ.ސީ.އާރު ޓެސްޓު ހަދައި ނަތީޖާ ނައްސި ވެއްޖެ ނަމަ ކަރަންޓީނުވާކަށް ނުޖެހޭނެއެވެ.

ނަމަވެސް ކޮވިޑަށް ފައްސިވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ފައްސިވި މީހާއާ އެންމެ ފަހުން ދިމާވި ތާރީޚުން ފެށިގެން 5 (ފަހެއް) ދުވަސް ވުމުން ޕީ.ސީ.އާރު ޓެސްޓެއް ހެދަން ޖެހޭނެ ކަމަށާއި އެގޮތަށް ޢަމަލުކުރެވޭނީ ކޮވިޑަށް ފައްސިވެފައިވާ މީހުންނާ މުޅިން ވަކިން ކަރަންޓީނުގައި ތިބޭ އެއްތާވި މީހުން ކަމަށެވެ.

މިގޮތަށް އަމަލުކުރާނީ ބަލި ޖެހުނު މީހާއާ ވަކިން އުޅޭ މީހުންނެވެ. އެމީހާއާ އެކީ އުޅޭ ނަމަ ބަލި މީހާ ކަރަންޓީނު ނިމެންދެން ކަރަންޓީނުވާން ޖެހޭނެއެވެ. އެއަށްފަހު ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެއެވެ. ނަތީޖާ ލިބެންދެން ހުންނަން ޖެހޭނީ ކަރަންޓީނުގައެވެ. އަދި ނައްސިވީ ނަމަވެސް ފައްސިވާ މީހާ އެކަހެރި ކުރުމުގެ މުއްދަތު ހަމަވާތާ ފަސް ދުވަސް ފަހުން އަނެއްކާ އިތުރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ އެންޓިޖަން ސެލްފްކިޓް ބޭނުންކޮށްގެން ގޭގައި ކޮވިޑަށް ޓެސްޓް ކުރެވޭނީ ބަލީގެ އަލާމާތްތައް ހުރި މީހުން އެކަނި ކަމަށެވެ. މި ޓެސްޓުން ފައްސިވާ މީހުން ވެސް އަމަލުކުރަން ޖެހޭނީ މިއަދު ނެރުނު އައު ގަވާއިދުގައި އޮތް ގޮތަށެވެ.

އެޗްޕީއޭއިން ބުނީ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ބެލެވޭނީ ހުރިހާ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސްވެފައިވާ ނަމައެވެ. އަދި ދެ ވަނަ ޑޯޒް ޖަހައި، ހަ މަސް ފާއިތު ނުވާ ނަމަ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މި ޓެސްޓް ހަދާ މީހުންނަށް ކަރަންޓީނު ޑޮކިއުމެންޓް ދޫކުރާނީ ކޮވިޑް ޓެސްޓް ހަދަން ރަޖިސްޓާކޮށްފައިވާ ލެބެއްގައި ޓެސްޓް ހެދުމުން އެކަނި ކަމަށް އެޗްޕީއޭއިން ނެރުނު ސާކިއުލާގައި ބުނެފައިވެއެވެ.

Ads by Allied Insurance
  1. އަބުދުލް ވާހިދު

    ވެކްސިން ޖަހާފަ ތިބިމީހުން މިގެއިން އެންމެފުރަތަމަ ވެސް ޕޮޒިޓިވް ވީ ސާބަސް އެޗްޕީއޭ

  2. މިހާރު އެޗްޕީއޭ ތެޅެނީ 3 ވަނަ ޑޯޒް ނުޖެހުވިގެން 3 ވަނަ ޑޯޒް ޖެހުނީމާ 4 ވަނަ ޑޯޒް ޖަހުވަން ތެޅިގަންނާނެ މިއީ ދެން ނިމުމެއް އޮތްކަމެއްނޫން، ރައްޔިތުން ނިކުމެ މިކަންކަން ނިންމާލަން އެބަޖެހޭ!

  3. ފޫކޮ އަހުމަދި

    ވަރަހ ފުރިހަމަ އިނގޭތޯ!!! ގިނަގިނައިން ޓެސްޓުތަށް ހެދޭގޮތަށް ވާނެ ގަވާއިދު ބަދަލުކުރަން. ރަނގަޅު ތިޔަ ޑޮކްޓަރުން ގެ ލެބުގެ ވާހަކަ އެބުނަނީ ސަބާސް މިފަހަރު މަލްޓި މިލިއަނަރުންނަށް ވާނެތާދޯ؟؟؟

  4. ބޭބެ

    ކުރޯނާ ވައިރެހަކީ ޖާދުވީ ދޫންޏަކަށްވެއްޖެ މިގޭގައި 2 ޑޯޒް ފުރިހަމަ ނުކުރާ އެއްވެސް މީހަކުނެތް ހުރިހާއެއްމެން ޕޮސިޓިވް ވެ ނިމިއްޖ

  5. ޓަކި މޫނާ

    ތަންކޮޅެއް އޮޅުން އަރާ މި ލިޔުން ކިޔަމުން ދިޔައިރު. އަލުން ފައްޓާގެން ދެވަނަ ފަހަރަށް ކިޔަން ޖެހުނު.

  6. ޗަބްސް

    އެއުޅެނީ އަހަރުމެން ޒޮންބީތަކަކށް ހަދަން. އެ ޖެހިޔަސް ނުޖެހިއަސް ވާން ހުރި ގޮތެއް ވާނެ.