ސިޔާސީ

ޝިޔާމްގެ ސުވާލެއް: ކުރީގެ ރިޔާސީ ބަޔާންތަކުގައި ވެފައިވާ ވައުދުތައް ފުއްދުނީ ކިހައިވަރަކަށް؟

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް--

ރައީސް އިބްރާހީމް މުހައްމަދު ޞާލިހު 2022ވަނަ އަހަަރަށް އިއްވެވި ރިޔާސީ ބަޔާނުގައި ގިނަ ވައުދުފުޅުތަކެއް ވެވަޑައިގެންނެވިއިރު، ކުރީގެ ރިޔާސީ ބަޔާންތަކުގައި ވައުދުވެވަޑައިގެންނެވި ކަންކަން ފުއްދުނީ ކިހައިވަރަކަށްތޯ ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ސުވާލު ކުރައްވައިފިއެވެ.

Ads by MWSC

ޝިޔާމް މިއަދު ވަނީ ރިޔާސީ ބަޔާނަށް ފާޑުވިދާޅުވެ، ޓްވީޓެއް ކުރައްވައިފައެވެ. ވިދާޅުވީ ރީތި ގޮތަކަށް ރިޔާސީ ބަޔާނެއް އިއްވަވައި، ކޮނޑުހުޅުންދާ ވަރަށް އަތް ވެސް ޖެހިދާނެ ކަމަށެވެ.

އަދި މީގެ ކުރިން ރައީސް ޞާލިހު އިއްވެވި ރިޔާސީ ބަޔާންތަކުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދުނީ ކިހައި މިންވަރަކަށްތޯ ސުވާލު ކުރައްވައިފައެވެ. އަދި ގައުމު ދަރަނިވެރި ވެފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

"ގައުމުގެ ދަރަނި، 100 ބިލިއަން ރުފިޔާ ކަޑައްތުކޮށްފި. ތިން އަހަރު ތެރޭ އެކަނި 48 ބިލިއަން ރުފިޔާގެ ދަރަނި އުފައްދައިފި." އޭނާ ވިދާޅުވިއެވެ.

ރައީސް ސޯލިހު މިއަދު ރިޔާސީ ބަޔާން އިއްވެވިއިރު، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުގެ މެމްބަރުން ވަނީ މިއަދުގެ ޖަލްސާ ބޮއިކޮޓް ކުރައްވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!