Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރާ މައްސަލަ ދުލެއް ނުކުރާނަން: ފަތުހީ

ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރާ މައްސަލަ ދުލެއް ނުކުރާނަން: ފަތުހީ

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިނަށް ސަރުކާރުން ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ މައްސަލަތައް ބެލުން އިންތިހާބަށް ފަހު ވެސް ދޫކޮށްނުލާނެ ކަމަށް އެ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކެމްޕެއިނު ކުރުމަށް އިދިކޮޅުގެ ފަރާތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ފަތުހީ ވަނީ ސަރުކާރަށާއި، ވެރިކަންކުރާ އެމްޑީޕީގެ ކެނޑިޑޭޓު މުހައްމަދު ރާޝިދަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފައެވެ.

އެގޮތުން ފަތުހީ ވިދާޅުވީ ރައްޔިތުން ސަރުކާރާ ހަވާލު ކުރި "ޒިންމާ ނުއުފުލައި އެ ޒިންމާއިން ބަރީއަވެގެން ހުރެ" މި އިންތިހާބު ކާމިޔާބުކުރުމަށް ރައްޔިތުންގެ ބޮލަށް "ޗިޕު ޖަހަމުންދާ" ކަމަށެވެ.

Advertisement
Allied Insurance — Square (box)

"ތިބޭފުޅުން ގަބޫލު ކުރައްވާ، މި އިންތިހާބު ނިމިގެން ދުލެއް ނުދޭނަން. މި އިންތިހާބާ ގުޅިގެން ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލަ ބަލާނަން،" ފަތުހީ ވިދާޅުވިއެވެ.

ފަތުހީ އިތުރަށް ވިދާޅުވީ، ކުންފުނިތަކުގެ ކޯޕަރޭޓިވް ހަމަތަކާއި އުސޫލުތަކާ ހިލާފަށް، މާލިއްޔަތު ގާނޫނާ ހިލާފަށް، ނެތް ފައިސާއިން [މަޝްރޫއުތައް] އެގްރިމަންޓް ކުރި މައްސަލަތައް ވެސް ބަލާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް