Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިއަދު ހަވީރު ކަރަންޓު ކެނޑޭނެ

ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިއަދު ހަވީރު ކަރަންޓު ކެނޑޭނެ

ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް، ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިއަދު ހަވީރު ކަރަންޓު ކަނޑާލަން ޖެހިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިކަމާ ގުޅިގެން ސްޓެލްކޯ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެ ކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ހެންވޭރުގެ އަމީރު އަހުމަދު މަގާއި، ހިތްފަސޭހަ ގޯޅި އަދި ބޮޑުތަކުރުފާނު މަގު ހިމެނޭ ސަރަހައްދުން މިއަދު ހަވީރު 4:00 އިން 5:00 އަށް ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

https://twitter.com/STELCOMALDIVES/status/1490962746300837888?s=20&t=O-pq3YI3_5EJAlBQTsFYvQ

Advertisement
HDC — Sidebar (box)

ކަރަންޓު ކެނޑިފައި ހުންނާނެ ވަގުތުތަކުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މާފަށް އެދިފައެވެ. އަދި ވަކި ގަޑިއެއް ބުނެފައިވީ ނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓު ފޯރު ކޮށްދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މުހިންމު މަސައްކަތެއް ކުރުމަށް މިއަދު ހަވީރު ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލާއިރު، ކަރަންޓު ކަނޑައިލާ ބްލޮކްގައި 42 ތަނަކަށް އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ދެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް