Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް މިނިސްޓަރ ފައްޔާޒް ވާދަކުރައްވަނީ

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް މިނިސްޓަރ ފައްޔާޒް ވާދަކުރައްވަނީ

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް އިކޮނޮމިކް މިނިސްޓަރ މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވާދަކުރައްވަން ނިންމަވައިފިއެވެ.

މިނިސްޓަރ ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާނެކަމަށް އެމްޑީޕީގެ އިސްބޭފުޅުން ހިމެނޭ ވަޓްސްއަޕް ގްރޫޕެއްގައި ވަނީ އިޢުލާން ކުރައްވައިފައެވެ.

އެމްޑީޕީން ވަނީ އެ ޕާޓީގެ އިސް މަޤާމުތަކަށް ބޭފުޅުން ކަނޑައެޅުމަށް ޓަކައި އިންތިޚާބުތައް ބާއްވާނެ ތާރީހުތައް ކަނޑައެޅުމަށް މިރޭ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމަވައިފައެވެ.

Advertisement
HDC — Sidebar (box)

ގައުމީ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އިސްކަންދަރު ސުކޫލު ހޯލްގައި މިރޭ 8:30ގައެވެ.

މި ޖަލްސާގައި މުހިންމު ފަސް އިންތިހާބެއްގެ ތާރީހު ކަނޑައެޅުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ އިންތިހާބާއި ޗެެއާޕާސަންގެ އިންތިހާބު އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހަކާ ގުޅޭގޮތުން ގޮތް ނިންމުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

މިނިސްޓަރ ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާނެކަމަށް އިޢުލާން ކުރައްވައިފައިވާ އިރު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ވަނީ އެ މަޤާމަށް ވާދަކުރައްވާނެ ކަން ހާމަކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް