Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ދަތުރުފުޅު ނިންމަވައިލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 15ވަނަ ދުވަހުގައެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި އިރު، އެ މަނިކުފާނު ލީޑަރުކަން ކުރައްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މުހިންމު ޖަލްސާއެއް މިރެއަށް ވަނީ ތާވަލްކޮށްފައެވެ.

Advertisement
HDC — Sidebar (box)

އެ ޖަލްސާގައި އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނެރޭ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީއާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވެރިކަމުގެ ދެވަނަ ދައުރަކަށް ރައީސް ޞާލިޙް ދަތުރު ކުރައްވާނެކަމަކަށް އަދި އިއުލާނެއް ނުކުރައްވައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް