Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

އެމްޑީޕީގެ ސައިޒަކީ މިހާރު 30 ޕަސެންޓު: އަދުރޭ

އެމްޑީޕީގެ ސައިޒަކީ މިހާރު 30 ޕަސެންޓު: އަދުރޭ

ވޯޓުލާ މީހުންގެ 30 ޕަސެންޓުން ވެސް އެމްޑީޕީއަށް ދެން ވެރިކަމެއް ނާދެވޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިފަދައިން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވައިލައި ރ. މީދޫގައި އިއްޔެ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައެވެ.

އަދުރޭ ވިދާޅުވީ ކޮމަންޑޫ ދާއިރާގެ އިންތިހާބުން މިނިސްޓަރ އިމްރާނާއި ރައީސް ޞާލިހަށް ވެސް އެ މީހުންގެ ސައިޒު އެނގިއްޖެ ކަމަށާއި ރާއްޖޭގައި އެމްޑީޕީގެ ސައިޒަކީ 30 ޕަސެންޓް ކަމަށެވެ.

Advertisement
Allied — Dhen Online (box)

އަދުރޭ ވިދާޅުވީ 30 ޕަސެންޓުން ވެރިކަމަށް އާދެވޭ ގޮތަށް ގާނޫނު ބަދަލު ކުރިއަސް ދެން އެމްޑީޕީއަށް ވެރިކަން ނުލިބޭނެ ކަމަށާއި 202 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޮޑުތަކުން ކާމިޔާބު ކުރައްވާނީ ވެސް ރައީސް ޔާމީން ކަމަށެވެ.

“އަޅުގަނޑު ދަންނަވައިލާން ބޭނުން ވަނީ ތިރީސް ޕަސެންޓުން ވެރިކަމަށް އާދެވޭ ގޮތަށް ހެދިޔަސް އިރާދަކުރެއްވިއްޔާ ދެން މި ގައުމުގެ ވެރިކަމާ ކުޑަ ބޭރު ވެސް އެމްޑީޕީއަކަށް ނޭރޭނެޔޭ. ރައްޔިތުން ތިބީ އެއަށް ވުރެ ހޭލާ" އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން، މުޅި ދައުލަތާއި ކޯލިޝަންގައި އޮތް ހުރިހާ ޕާޓީތަކެއް މަސައްކަތް ކޮށްގެން ވެސް ލިބުނީ 47 ޕަސެންޓް ވޯޓް ކަމަށާއި އެކަމުން ރައްޔިތުންގެ ތާއީދު ސަރުކާރަށް ނެތް ކަން ހާމަވެފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް