Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

2023ގެ ރިޔާސީ އިންތިޚާބަށް ތައްޔާރީތައް ވާން ފަށައިފިން: ފުއާދު

2023ގެ ރިޔާސީ އިންތިޚާބަށް ތައްޔާރީތައް ވާން ފަށައިފިން: ފުއާދު

2023ގައި އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރީތައް ވާން ފަށައިފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ މިހާރުން ފަށައިގެން ސޮފްޓްވެއަރތައް އަޕްޑޭޓް ކުރުމާއި ރިސާޗްތައް ފަށައިފައިވާ ކަމަށާއި މީގެ ކުރިން ހަދައިފައިވާ ސޮފްޓްވެއަރތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

ފުއާދު ވިދާޅުވީ މިހާރު ބޭނުންކުރަމުންދާ ނެޓް ބުކްތަކާއި ޓެބްލެޓްތައް ވެސް ބަދަލު ކުރަންޖެހޭ ކަމަށެވެ. އަދި ނެޓް ބުކްތަކަކީ 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބޭނުންކުރުމަށް ގެނެސްފައިވާ ނެޓް ބުކްތަކެއް ކަމަށާއި ޓެބްލެޓްތައް ހޯދައިފައި ވަނީ މީގެ ފަސް އަހަރު ކުރިން ކަމަށް ފުއާދު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

“މީގެ ފަސް އަހަރު ކުރިން ހޯދި ޓެބްލެޓްތައް ވެސް އެއީ އެހައި ފެންވަރު ރަނގަޅު ޓެބްލެޓްތަކެއް ނޫން. އޭގެ ތެރެއިން ވެސް ވަރަށް ގިނަ ޓެބްލެޓްތައް މަސައްކަތް ނުކުރޭ. ދެން އަނެއްކޮޅުން އަޅުގަނޑުމެން ދައުލަތުގެ އެހެން މުއައްސަސާތަކަަށް ވެސް ޓެބްލެޓްތަކާ ނެޓްބުކްތަކާ އެއްޗެހި ދޫކުރަމުން މިދަނީ. އެބޭފުޅުންގެ ސަރވޭތަކަކަށް ވިޔަސް އަދި އިދާރީ މަސައްކަތްތައް ކުރައްވަން ވިޔަސް އަޅުގަނޑުމެންގެ ބައެއް ކޮމްޕިއުޓަރ އެއްޗެހި ދެމުން މިދަނީ” ފުއާދު ވިދާޅުވިއެވެ.

ފުއާދު އިތުރަށް ވިދާޅުވީ މިހާރު ހުރި މި ފަދަ ވަސީލަތްތަކާ ގުޅޭގޮތުން ދިރާސާތައް ކުރެވި އިތުރަށް ބޭނުން ވަނީ ކިހައި ތަކެއްޗެއްތޯ ދެނެގަތުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި މިކަމާ ގުޅޭ ގޮތުން މިހާރު ވެސް މަޝްވަރާ ކުރެވެމުންދާ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް