Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އިންޑިއާއިން ހިންގާ މަޝްރޫއުތައް ހުއްޓުވުމާ، ގިނަ ރައްޔިތުން ދެކޮޅު: ނިހާދު

އިންޑިއާއިން ހިންގާ މަޝްރޫއުތައް ހުއްޓުވުމާ، ގިނަ ރައްޔިތުން ދެކޮޅު: ނިހާދު

އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓުވުމަށް ގިނަ ދިވެހި ރައްޔިތުން ދެކޮޅު ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިހެން ވިދާޅުވީ، އޮންލައިން ނޫހެއްގައި ޝާއިއު ކޮށްފައިވާ ލިޔުމެއް ހިއްސާ ކުރައްވައި، ކުރެއްވި ޓްވީޓެއްގައެވެ.

ނިހާދު މިހެން ވިދާޅުވިއިރު، ސަރުކާރުގެ ވާދަވެރިން ފެށި "އިންޑިއާ އައުޓް" ކެމްޕެއިނާ ދެކޮޅަށް، "އިންޑިއާ އިން" ކެމްޕެއިނެއް، އައްޑޫ ސިޓީގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/nihad_m/status/1492449419999924225

މަދު ބަޔަކު ބައިވެރިވި މި އިހުތިޖާޖުގައި އިންޑިއާއަށް ތާއީދުކޮށް އެކި ޝުއޫރުތައް ފާޅުކޮށްފައިވެއެވެ.

އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުުވުމުގެ މަސައްކަތް އެމްޑީޕީން ފަށައިފައިވާއިރު، މިފަދަ ހަރަކާތްތަކުގައި ބައިވެރިވާ މީހުންނަށް ޖަލު އަދަބު ލިބޭ ގާނޫނެއް ފާސްކުރުމަށް އެ ޕާޓީން އަންނަނީ މަސައްކަތް ކުރަމުންނެވެެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް